ads
ހެރީ ކޭން
ކޭންގެ ތާރީހީ ގޯލާއެކު ސިޓީ ބަލިކޮށްފި
ހެރީ ކޭންގެ ތާރީހީ ގޯލާއެކު މެންޗެސްޓަރ ސިޓީ އަތުން ޓޮޓެންހަމް ޕްރިމިއަރ ލީގުގައި މޮޅުވެއްޖެއެވެ.

ޓޮޓެންހަމް ހޮޓްސްޕާސްއާ ސިޓީގެ މެޗުން ޓޮޓެންހަމް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ކޭން ޖެހި ލަނޑާއެކު ކޭންވަނީ ޓޮޓެންހަމްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. ޓޮޓެންހަމްގެ ކުރީގެ ފޯވާޑް، ޖިމީ ރީވްސް އެ ޓީމަށް 266 ގޯލު ޖަހައިދީގެން ހެދި ރެކޯޑް 53 އަހަރަށް ފަހު ކޭން މި ވަނީ 267 ގޯލު ހަމަކޮށްގެން މުގުރާލައިފަ އެވެ.

ރޭގެ ނަތީޖާއާއެކު ޓޮޓެންހަމް އިން ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުގައި ސިޓީ ބަލިކޮށްފަ އެވެ.

ރޭގެ ނަތީޖާއާއެކު ޕޮއިންޓް ޓޭބަލް ބަލާއިރު، އާސެނަލް އޮތީ 20 މެޗުން 50 ޕޮއިންޓާ އެކު އެއް ވަނައިގައެވެ. ސިޓީ ދެ ވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. 

ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 21 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ 21 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 22 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް