ads
ވެލާނާގެ: -
"މިނިމަމް ވޭޖަށް ގެނެވުނު ހެޔޮ ބަދަލު 33،500 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް"
މިނިމަމް ވޭޖަށް ގެނެވުނު ހެޔޮ ބަދަލު 33،500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް އައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެެ.

މި އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ތަންފީޒުކުރަން ފެށި މިނިމަމް ވޭޖުގެ ބޮޑު ބަދަލަށް އަހަރެއް ވީ ކަމަށާއި އެ ހެޔޮ ބަދަލުގެ އަސަރު ސީދާ ގޮތުން އައީ 33،500 އަށްވުރެ ގިނަ މަސައްކަތްތެރިންނަށް ކަމަށެވެ.

ވޭތުވެދިޔަ އަހަރުގެ ގެނެވުނު ހެޔޮ ދެވަނަ ބަދަލެއްގެ ގޮތުގައި ރައީސް ސިފަކުރެއްވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސާވިސް ޗާޖަށް ގެނެވުނު ބަދަލެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ގެޒެޓު ކުރެވުނު އެ ބަދަލާ އެކު މަދުވެގެން 10 އިންސައްތައިގެ ސާވިސް ޗާޖެއް ނަގާ، މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުމަށް އެ ގާނޫނީ ބަދަލުން ލާޒިމް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މުވައްޒަފުންގެ އާމްދަނީއަށް އައި ބަދަލުން އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ ކަމުގައެވެ.

މަސައްކަތާއި ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާއި ހިމާޔަތް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ދެ ބިލުގެ މަސައްކަތްތައް މަޖިލީހުގެ ފުރަތަމަ ދައުރުގައި ކުރިޔަށް ގެންގޮސް ނިންމަވައިދެއްވުމަށް ރައީސްގެ ބަޔާނުގައި ވަނީ އެދިވަޑައިގެންފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް