މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގައި ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް އޭގެ ފައިދާ މިހާރު އެދާއިރާއަށް ލިބެމުންދާކަމަށެވެ.
އަދި މިނިމަން ވޭޖް ކަނޑައެޅުމުން އެކަމުގެ ފައިސާވެސް އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކުރާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ދެން އޮތީ ސިއްހީ ދާއިރާގެ މުސާރަބޮދުކުރުން ކަމަށެވެ.
ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި މަހު ބޮޑުކުރާނެކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ރައީސް މިއަދު ނުދެއްވައެވެ. ރައީސް ވިދާޅުވީ ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ނިމޭއިރު މުޅި ސިވިލްސާވިސްގެ މުސާރއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މީގެ އިތުރުން ނުކުޅެތުންތެރިކަން ހުންނަ ފަރާތްކަތާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލަވަސް ވެސް ޖޫން މަހު ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއްވެސް ރައީސް މިއަދު ނުދެއްވައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ސަރުކާރުން ދެމުން ގެންދަނީ މަހަކު 2000 ރުފިޔާގެ އެލަވަންސެކެވެ.