ads
މަޖިލިސް މިއަދުގެ ޖަލްސާގެ ތެރެއިން
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އިތުރު ދައުވާތަކެއް
އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތާ ގުޅިގެން އިތުރު އަށް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް، އޭ.ސީ.ސީ.އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި އިތުރު އަށް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް، އޭ.ސީ.ސީ.އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދަވާ ކަމަށް ރައީސް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތާ ގުޅޭގޮތުން ރިޔާސީ ކޮމިޝަންގެ ތަޙުޤީޤު ރިޕޯޓްގެ މައްޗަށް މައްސަލަތައް ކުރިއަށް ގެންދަވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުންކަން ރައީސްގެ ރިޔާސީ ބަޔާނުގައި މިއަދުވެސް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތާ ގުޅޭ 14 މައްސަލައެއް ވަނީ ކޯޓަށް ހުށަހެޅިފައި. އޭގެތެރެއިން 5 ފަރާތަކަށް ކުރެވުނު ޖުމްލަ 43 ދަޢުވާއެއް ކޯޓުގައި ވަނީ ސާބިތުވެފައި. އިތުރު 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި އެބަ ކުރިއަށްދޭ. އަދި ގުޅުންހުރި އިތުރު 53 މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުން އެބަގެންދޭ. މީގެތެރެއިން 8 މައްސަލައެއްގައި ޖިނާއީ ދަޢުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް، އޭ.ސީ.ސީ.އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދޭ.

މީގެ ދުވަސްކޮޅެއް ކުރިން އާއްމު ވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް، އަދި ކުރީގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދު ހިމެނެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ މަދު ބައެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ  ރައީސް އަބްދުﷲ ޔާމީން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އަދި މަޖިލީހުގެ ބައެއް މެންބަރުން ހިމެނެއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް