"ދި ޓައިމްސް" ނޫހުން އާއްމުކޮށްފައިވާ ތަފްސީލީ ރިޕޯޓެއްގައިވާ ގޮތުން 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ސީޒަނާ ހަމައަށް ސިޓީގެ މާލީ ބަޔާންތައްވަނީ އޮޅުވާލާފައެވެ. މި މައްސަލަ ޕްރިމިއަރ ލީގުން މިހާރު އަންނަނީ ރަސްމީކޮށް ތަހުގީގުކުރަމުންނެވެ. ސިޓީގެ މާލީ މުއާމަލާތްތަކާ ގުޅޭ ގިނަ މައްސަލަތަކެއް މިނިވަން ކޮމިޝަނަކުން ބަލަމުން އަންނަކަން ޕްރިމިއަރ ލީގުންވަނީ ހާމަކޮށްފައެވެ.
ބަލަމުން އަންނަ ސީރިއަސް މައްސަލަތައް ސާބިތުވެއްޖެނަމަ، ޕޮއިންޓް އުނިކުރުމާއި ރެލިގޭޓްކޮށްލުން ފަދަ ހަރުކަށި އަދަބަކާ ސިޓީން ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ސިޓީގެ މާލީ ބަޔާންތަކާ ގުޅޭ މައްސަލަތައް ބަލާ މުއްދަތުގެ ތެރޭގައި އެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
ދާދި ފަހުން، އިޓަލީގެ ޔުވެންޓަސް ވެސް މާލީ ގޮތުން ކަންކަން އޮޅުވާލާފައިވާތީ، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފައެވެ.