ads
ރާއްޖޭގެ ބައެއް ބިލިއާޑް ކުޅޭ ކުޅުންތެރިން
130،000 ޑޮލަރުގެ ބިލިއާޑް މުބާރާތް ރާއްޖޭގައި
އޭޝިއަން ޕޫލް ފެޑެރޭޝަން (އޭޕީއެފް) އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށްގެންދާ ނައިންބޯލް އޭޝިއަން ޓުއާގެ ފުރަތަމަ މުބާރާތް އަންނަ އޭޕްރީލް މަހު ރާއްޖޭގައި ބާއްވަން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

އޭޝިއަން ޕޫލް ފެޑެރޭޝަން (އޭޕީއެފް) އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށްގެންދާ ނައިންބޯލް އޭޝިއަން ޓުއާގެ ފުރަތަމަ މުބާރާތް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ބިލިއާޑް މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އޭޕީއެފް ގެ ކަލަންޑަރުގައި އިއުލާނުކޮށްފައިވާ ތާރީހަކީ އޭޕްރީލް މަހުގެ 22-26 އަށެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މި އިވެންޓަކީ ނައިންބޯލް އޭޝިއަން ޓުއާދަށުން ނައިންބޯލް ވޯލްޑް ރޭންކިން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

130،000 އެމެރިކާ ޑޮލަރުގެ އަގު ބޮޑު މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅު ނައިންބޯލް އެތުލީޓުންނެވެ. މޯލްޑިވްސް އޯޕަންގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ދޭ ޓްރޮފީގެ އިތުރުން 30،000 ޑޮލަރުގެ ފައިސާގެ އިނާމާއި ނައިންބޯލް އަދި އޭޕީއެފް ރޭންކިން ޕޮއިންޓް ލިބޭނެ އެވެ.

މި މުބާރާތަށް ކަނޑައަޅާފައިވާ 64 ކުޅުންތެރިންގެ ސްލޮޓުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 16 ނައިން ބޯލް އެތްލީޓުން ބައިވެރިވާއިރު، ރާއްޖޭގެ 16 އެތްލީޓުންނަށް ވެސް މި މުބާރާތުގައި ފުރުސަތު ދޭނެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް