ގަލޮޅު ދަނޑުގައި ބޮޑު މާރާމާރީއެއް ހިންގައި ރެފްރީއަށް ހަމަލާ ދީފައިވަނީ މިއަދު ހަވީރު ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލު ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.
މި މާރާމާރީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު މި ކަމާ ގުޅޭ ގޮތުން އެޑީއުކޭޝަން މިނިސްޓްރީން އަދި މުބާރާތް އިންތިޒާމް ކުރާ އެފްއޭއެމްއަކުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރެފްރީއަށް ހަމަލާ ދިނީ ގުރައިދޫ ސްކޫލުގެ ކުޅުންތެރިއެއްގެ ބެލެނިވެރިއެކެވެ. އަދި އެ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އެ ކަމުގައި ބައިވެރިވީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.