ads
އިބްރާހިމް ރަޝީދު މަޖިލިސް ޖަލްސާއެއްގައި
އެމްޑީޕީން ބޮންޑޭއަށް ފިޔަވަޅު އަޅައިފި
ރައްޔިތުންގެ މަޖިލީހުގައި ތަކުރާރުކޮށް އެމްޑީޕީގެ ވިޕްލައިނާއި ހިލާފަށް މަސައްކަތް ކުރައްވާފައިވާތީ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އެމްޑީޕީން ފިޔަވަޅު އަޅައިފިއެވެ.
Advertisement

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވާ އިބްރާހިމް ރަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޕާޓީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށާއި ތިން ވަނަ ފަހަރު ވިޕްލައިނާއި ހިލަފުވެފައި ވުމުން ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ޗެއާޕާސަނަށް އަންގާފައިވާ ކަމަށެވެ.

އަދި އެފިޔަވަޅާއި ހަމައަށް ދިޔައީ ތަކުރާރުކޮށް ނަސޭހަތްތެރިވުމަށް ފަހުގައިކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ވިޕްލައިނާ ހިލާފުވުމުގެ ސަބަބުން ފިޔަވަޅު އަޅާ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ނިންމިކަން އެންގި ނަމަވެސް އެއީ ކޮން އިނާޔަތްތަކެއްކަމެއް ސާފެއް ނުވެއެވެ.

އިބްރާހިމް ރަޝީދު ވަނީ މިދިޔަ އަހަރު ފަހުކޮޅު މަޖިލީހުން ފާސް ކުރި ޓެކްސް ބޮޑު ކުރި ބިލާއި ސަޕްލިމެންޓްރީ ބަޖެޓް އަދި މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށް ވޯޓް ނުދެއެވަ އެވެ.

އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އިބްރާހިމް ރަޝީދު ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައެވެ.

40%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް