ads
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ
ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްސަލަ ނުބަލަން ނިންމައިފި
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ އާއި ގުޅިގެން ހުށަހަޅާފައިވާ ސުލޫކީ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދަން ޖުޑީޝަލްް ސާވިސް ކޮމިޝަންް (ޖޭއެސްސީ)އިންް ނިންމައިފި އެވެ.
Advertisement

ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ގަޒިއްޔާއެއްގެ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވެފައިވަނިކޮށް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށް، ލަސް ކުރި ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ އޮކްޓޯބަރު މަސް ތެރެ އެވެ. 

އޭނާ އާ ދެކޮޅަށް ޖޭއެސްސީން ބަލަމުންދިޔަ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަން ހާމަކޮށް މިއަދު ޖޭއެސްސީން ބުނީ، ދައުވާއަށް އިއުތިރާފުވެފައިވީނަމަވެސް، އެ ގަޒިއްޔާ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާގެ ބަހުން އެނގޭ ކަމަށެެވެ. 

އެހެންވެ، އެ ޤަޟިއްޔާގައި އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށް ބެލެވެންނެތް ކަމަށް ބުނެ، އެ ތަހުގީގު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމީ މިދިޔަ މަހުގެ 29 ވީ އާދިއްތަ ދުވަހު އެކޮމިޝަނުގެ ޖަލްސާއެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް