ads
ޑީޖޭއޭއިން ކުރިން މަޝްވަރާކުރި ކޯޓް ކޮމްޕްލެކްސްގެ ކުރެހުމެއް
މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަހެއް ނުވާނެ
އަލަށް އިމާރާތް ކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަލަށް އިމާރާތް ކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ހޯމަ ދުވަހު އިއްވި ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާނުގައި ޖުޑިޝަރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ޙައްލުކުރުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. އަތޮޅުތެރޭގައި އިތުރު ކޯޓް އިމާރާތްތަކުގެ މަސައްކަތް އެދަނީ ހިނގަމުން. މާލޭ ސަރަޙައްދުގެ ކޯޓުތަކުގައި މައްސަލަތައް ފުނިޖެހުމުގެ އެންމެ ބޮޑު ސަބަބަކީ، ވަސީލަތުގެ ދަތިކަން. އެކަން ދެނެގަނެ، އަލަށް އިމާރާތް ކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން އިސްކަންދެން.

ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސް އެއް ގާއިމްކުރަން ބިމެއް ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. 2020 ވަނަ އަހަރުގެ ބެޖެޓުގައި ހިމަނައިގެން ހުޅުމާލޭގައި އަޅަން މި ނިންމި މިކޯޓު ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހީގައި 10 ބުރީގެ އެއް ޓަވަރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭއިން އޭރު ބުނެފައިވެއެވެ. އޭރު ބުނެފައިވަނީ ކޯޓު ކޮމްޕްލެކްސް ހާއްސަ ކުރެވިގެންދާނީ ސިވިލް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތަކަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް