ads
ރައީސް ނަޝީދު އަދި ބޮންޑޭ
ސާލިހު ފެކްޝަނުގެ މެންބަރުން މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގެންދަން ޖެހޭ: ބޮންޑޭ
ދިވެހިރާއްޖޭގައި މެންޓަލް ހެލްތް ޑިޕާޓުމަންޓެއް ގާއިމްކޮށް އެ ޑިޕާޓްމަންޓަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަނުގެ މެންބަރުން ގެންދިއުމަށް މާފަންނު ހުޅަނގު ދާއިރާހެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.

ރައްޔިތިތުންގެ މަޖިލީހަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ ނަފްސާނީ ފަރުވާ ވަށާޖެހޭ ނިޒާމެއްގެ ތެރެއެއަށް ގެނައުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮށްދެއްވާފައިވާ ގިނަ ހިދުމަތްތަކާ ވެ ލައްވާފައިވާ ގުރުބާނީ މިއަދު ގިނަ މެންބަރުން ހަނދާން ނެތްކަމަށެވެ. 

"މަނިކުފާނު ދިވެހިރާއްޖެއަށް ކިތަންމެ މަސައްކަތެއް ކުރެއްވިކަމުގައިވިޔަސް އަދި ކިތަންމެ ގުރުބާނީއެއް ވެފައިވީކަމުގައި ވިޔަސް މިމީހުން ނުދަނޭ އެކަމެއް. ކޮނޑަށް ލައިގެން (މަޖިލީހަށް) ވެއްދިކަމެއް މިހާރު އެއްވެސް މީހަކު ނެތޭ މިހާރު ހަނދާނެއް އިއްޒަތްތެރި ރައީސް. ކިހާ މަސައްކަތެއް ކޮށްގެންތޯ ރައްޔިތުން މިހާ ހިސާބަށް ގެނައީ. ނެތޭ ހަނދާނެއް. ތިމާމެން އަމިއްލަށް ފައިސާއާ ނުފޫޒު ބޭނުންކޮށްގެން ތިމާމެން ހޮވިގެން އެހެން މީހުންގެ މައްޗަށް އަމުރުކޮށް ރައްޔިތުން ނިކަމެތި ކުރަން ވަދެ ތިބި ބައެއްގެ ގޮތަށް އަޅުގަނޑަށް ފެންނަނީ. ކޮންމެ ގޮތެއް ހަދާފަވިޔަސް މި މެންޓަލް ހެލްތް ޑިޕާޓްމަންޓެއް ސަރުކާރުގައި ގާއިމްކޮށް މި މެންބަރުން (ރައީސް ސާލިހަށް ތާއީދު ކުރައްވާ މެންބަރުން) ގެންދަން އަޅުގަނޑު އެދެން އިއްޒަތްތެރި ރައީސް،" ބޮންޑޭ ވިދާޅުވި އެވެ. 

ބޮންޑޭ މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވާ އޭނާއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ ފިޔަވަޅު އަޅަން ނިންމާފައިވާކަމަށާއި ތިން ވަނަ ފަހަރު ވިޕްލައިނާ ހިލަފުވެފައި ވުމުން ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ޗެއާޕާސަނަށް އަންގާފައިވާ ކަމަށެވެ. 

މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ބޮންޑޭ ވަނީ މި ފިޔަވަޅާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ މައާފަށް އެދެން އަންގާފައިވާއިރު އެގޮތަށް އެންގި މެންބަރުން އެ އެދެނީ މަޖިލީހުގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް އަޅާނުލައި ހުރުމަށްކަމަށެވެ. އަދި އޭނާއަކީ "ރައްޔިތުންގެ މެންބަރެއް" ކަމަށާއި، އޭނާއަށް މާއާފަށް އެދެން އެންގުމަކީ ދިވެހި ރައްޔިތުން މައާފަށް އެދެން އެންގުންކަމަށެވެ. މިދިޔަ އަހަރު ފަހުކޮޅު މަޖިލީހުން ފާސް ކުރި ޓެކްސް ބޮޑު ކުރި ބިލާއި ސަޕްލިމެންޓްރީ ބަޖެޓް އަދި މިއަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓަށް އޭނާ ވޯޓެއް ނުދެއެވަ އެވެ.

އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އިބްރާހިމް ރަޝީދު ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް