ads
ދިއްގަރުގައި ގޮވި އަސުރުމާ ލޯންޗު——ފޮޓޯ: ދިއްގަރު ކައުންސިލް
ދިއްގަރުގައި ލޯންޗެެއް ގޮވައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް، ފަރުވާއަށް މާލެ ގެނެސްފި
މ. ދިއްގަރުގައި ލޯންޗެއް ގޮވައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 09:59 ހާއިރު އެވެ. ދިއްގަރު ފަޅުގައި އޮތް ”އަސުރުމާ“ ނަމަކަށް ކިޔާ އެ ލޯންޗު ގޮވައި ވަރަށް ބޮޑަށް އަލިފާން ހިފިއިރު، މި ހާދިސާގައި ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ފުލުހުން ”ސީއެންއެމް“ އަށް ބުނިގޮތުގައި އެ ދެމީހުން މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުން ނެވެ. 

މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ އެދެމީހުން އެކަންޏެވެ. އެރަށުން މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި އެންމެ ބޮޑު އަނިޔާއެއް ވެފައިވަނީ ކެޕްޓަނަށެވެ.

ލޯންޗު ގޮވީ، ލޯންޗު ސްޓާޓު ނުވެގެން ދެފަހަރެއްގެ މަތިން  މަސައްކަތް ކުރިތަނާ އެވެ. މުޅި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އެދިއިރު އަލިފާންގަނޑު ނިއްވާލީ ލޯންޗު އަޑިއަށް ފައްތާލައިގެން ނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް