ads
ރިޔާސީ ބަޔާން އިއްވަނިކޮށް ހަމަނުޖެހުން ހިންގި އިދިކޮޅު މެމްބަރުން ނެރުމަށް އަންހެން ސެކިއުރިޓީން ހަރަކާތްތެރިވަނީ——
އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެމްބަރުން މަޖިލީހުން ނެރުން ހުއްޓުވަން ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގާ ފިރިހެން މެމްބަރުން މަޖިލީހުން ބޭރުކުރުމުގައި އަންހެން ސެކިއުރިޓީން ބޭނުންކުރަން ނުޖެހޭގޮތް ހަދަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ
Advertisement

މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަން ފައްޓަވަމުން ރޮޒައިނާ ވަނީ އިއްޔެގެ މަޖިލީހުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ހަރަކާތްތެރިވި މަޖިލީހުގެ އަންހެން ސެކިއުރިޓީންނަށް ސޯޝަލް މީޑިއާގައި ކިޔާފައިވާ ފާޑުކިއުންތައް ކުށްވެރި ކުރައްވާފަ އެެވެ.

”އެބޭފުޅުންނެއް މިތާގައި ފިރިހެން މެމްބަރުންގެ ގައިގާ އަތްލާ ހިތަކުންނެއް ތެދުވެގެން ކަމެއްް ކޮށްފަކާއެއް ނެތް،“ ރޮޒައިނާ ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގައި ހަމަނުޖެހުން ހިންގި ފިރިހެން މެމްބަރުން ނެރެން އަންހެން ސެކިއުރިޓީން ހަރަކާތްތެރިވީ އެމީހުންނާއި ހަވާލުވެތިބި ވެރީން އެންގެވި ގޮތުގެ މަތީން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެފަދަ ވަޒީފާތަކުގައި ހަރަކާތްތެރިވާ އަންހެނުން މަދުއިރު، އެފަދަ ވަޒީފާތަައް އަދާކުރާ އަންހެނުންނާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ހަގީގަތެއް ނެތް ވާހަކަތައް ދައްކާ އަބުރު ގެއްލުވާލުމުގެ ކުރިން އާންމު ފަރާތްތަކުންވެސް އެކަމާއި ވިސްނުމަށް ރޮޒައިނާ އެދިވަޑައިގަތެވެ. 

”ކުރިއަށް އޮތްތަނުގައި މިގޮތަށް [ފިިރިހެން މެމްބަރުން މަޖިލީހުން ބޭރުކުރުމަށް އަންހެން ސެކިއުރިޓީން ބޭނުންކުރަން ނުޖެހޭނެ ގޮތަށް] މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅާނެ ވާހަކަ ދަންނަވަން، “ ރޮޒައިނާ ވިދާޅުވި އެެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، ހަމަނުޖެހުންތައް ހުއްޓުވުމާއި، މީހުން ހައްޔަރުކުރުމުގައި ވެސް އެމްއެންޑީއެފް އާއި ފުލުހުންގެ ތެރޭގައިވެސް އޮންނަ ގޮތަކީ އެ ޖިންސަކަށް ނިސްބަތްވާ ފުލުހަކު ނުވަތަ ސިފައިންގެ މީހަކު ލައްވައި އެކަން ކުރުން ކަމަށްވާއިރު، މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ވެސް އެކަން އޮންނަންވާނީ އެހެން ކަމަށެވެ. 

އަދި އިއްޔެގެ ހަމަނުޖެހުމުގައި އަންހެން ސެކިއުރިޓީން ބޭނުންކޮށްފައިވަނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށިއެވެ. އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެދުމުން ވެސް އަޑުމަޑުނުވުމުން ނަން އިއްވުމަށްފަހު އެމެމްބަރުން މަޖިލީހުން ނެރެން އެންގެވި އެވެ. އާންމުކޮށް އެކަން ކުރައްވާ ސާޖަންޓް އެޓް އާމްސްގެ މަގާމު މިވަގުތު ހުސްކޮށް އޮތުމުން އިއްޔެ އެކަން ކުރެއްވީ މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުން ނެވެ. އޭގެތެރޭގަައި އަންހެން ދެ ސެކިއުރިޓީއަކުވެސް ހިމެނެ އެވެ. 

މެމްބަރުން ނެރެން މަސައްކަތް ކުރުމުގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކޯޓު ވީދުނުވެސް މެއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް