ads
އައްޒަ އަދި އަޝްފާ
ދިވެހި ފިލްމު ބީވީމާ: އަޝްފާގެ އެކްޓިން އައްޒައަށް ފެނުނީ ވަރަށް އަރާމުކޮށް
ދިވެހި ފިލްމު ބީވީމާގައި ލަވަކިޔުންތެރިއާ މަރިޔަމް އަޝްފާގެ އެކްޓިން ބަލާލަން ވަރަށް އަރާމުކަމަށް މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ބުނެފިއެވެ.
Advertisement

ދެ އަހަރާ ބަަޔަށްފަހު އޮލިމްޕަސް ހުޅުވީ މިމަހުއެވެ. އެ ސިނަމާގައި އެންމެ ފުރަތަމަ އެޅުވީ ޑާކްރެއިން އެންޓަޓައިންމަންޓްގެ ފިލްމު 'ބީވީމާ' އެވެ. އެ ފިލްމު ބަލަން ދިޔަ ގިނަ މީހުން ބުނީ އެ ފިލްމުން އެމީހުން އާޝޯހުވެއްޖެކަމަށެވެ. ފިލްމު ރީތެވެފައި ފިލްމުގެ ތަރިންގެ އެކްޓިން ވެސް އެހާ މޮޅުކަމުންނެވެ.

މިގޮތުން މި ފިލްމުން އަލަށް ސްކްރީން ކުރިމަށްޗަށް ނުކުތް ތަރިއަކީ މަޝްހޫރު ލަވަކިޔުންތެރިއާ މަރިޔަމް އަޝްފާއެވެ. ބީވީމާ ބަލާލުމަށްފަހު ގިނަބަޔަކު ހީކުރި ގޮތަށް އަޝްފާ މޮޅީ ހަމައެކަނި ލަވަކިޔާކަށް ނޫނެވެ. އެކްޓު ކުރަން ވެސް އެހާ މޮޅެވެ. 

"އަޝްފާގެ އެކްޓިން ބަލާލަން ވަރަށް އަރާމު. ސްކްރީނުން އަޝްފާ ފެނުނީތީ ވަރަށް އުފާވޭ. ކޮޕީ އިއްސެ އަދި މާ މޮޅު. އާޝާ ވެސް ވަރަށް މޮޅު. ބީވީމާ އަކީ މަޑުމައިތި ރޮމޭންޓިކް ފިލްމެއް. ބީވީމާގެ މުޅި ޓީމަށް ވަރަށް ބޮޑަށް މަރުހަބާ،" ފިލްމު ބެލުމަށްފަހު އައްޒަ ބުނެފައިވެއެވެ.

އައްޒަގެ އިތުރުން ފިލްމީތަރި ޝީލާ ނަޖީބު ވެސް ވަނީ އަޝްފާގެ މޮޅުކަމަށާއި، ފިލްމީ ތަރިންގެ މޮޅުކަން ފާހަގަކޮށްފައެވެ.

"އާ ތަރިއަކާ ބަލާފަ އަޝްފާގެ އެކްޓިން ވަރަށް މޮޅު. ކޮޕީ އިއްސެގެ އެކްޓިން އަބަދުވެސް އެހާ މޮޅު މި ފިލްމުގަވެސް އެހާ މޮޅު. އާޝާ ވެސް އެހާ މޮޅު،" ޝީލާ ބުންޏެވެ.

your imageބީވީމާގެ މަންޒަރެއްގައި ކޮޕީ އިއްސެ އަޝްފާއާއެކު ކާރެއްގައި

ހޫދު އިބްރާހިމް (ހޫދު) ވެސް ބުނެފައިވަނީ އަޝްފާގެ އެކްޓިން އެހާ މޮޅުކަމަށެވެ.  

"އަޝްފާ އަޅުގަނޑު ސިއްސުވާލީ އޭނާގެ ލޮލުގެ މޮޅުކަމުން ހަރަކާތްތަކާ ލޮލާއި ވެސް ހުންނަނީ ގުޅިފަ. ކޮންމެ ހަރަކާގެއްވެސް ހީވަނީ ޖެހިލާ މަޑު ވައިރޯޅިއެއް ހެން،" ހޫދު ބުންޏެވެ.

ހޫދު ބުނީ އާންމުކޮށް ހުން ރޮމޭންޓިކް ދިވެހި ފިލްމުތަކާ ބީވީމާއާ ވަރަށް ތަފާތުކަމަށެވެ. ސަބަބަކީ ވާހަކައިގައި ވަރަށް ފުނަށް ގޮސްފައިވާތީއާއި ވާހަކަ ގެނެސްފައިވާލެސް ސާދާ ކަމުންނެވެ. 

your imageބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…

ފިލްމީތަރި އަބްދުﷲ މުއާޒު (މުއާ) ވެސް ވަނީ އެކްޓަރުންގެ މޮޅުކަމަށް ތައުރީފުކޮށްފައެވެ.

މުއާ ވެސް ބުނީ ކޮޕީ އިއްސެއާ، އަޝްފާ އަދި އާޝާއަދި ނާނުގެ ހުނަރު އެހާ މޮޅުކަމަށެވެ. 

"ބީވީމާގެ ފިލްމީތަރިންގެ ހުނަރު ނުހަނު ބޮޑަށް ދައްކުވައިދީފި. ޒަރީރުގެ ފުރަތަމަ ޑައިރެކްޝަން އަދި ސްކްރީން ޕްލޭ އެއްވެސް އުނދަގޫކަމެއް ނެތި ނިކަން ފުރިހަމައަށް މަސައްކަތް ނިންމާލާފައިވާކަން ފަހަގަކުރަން." މުއާ ބުންޏެވެ.

މިމަހު 6 ވަނަ ދުވަހު ބީވީމާ ރިލީޒް ކޮށްފައިވާއިރު އަދި އެޅުވި ހުރިހާ ޝޯއެއްވެސް ވަނީ ހައުސްފުލްވެފައެެވެ. އަދި ފިލްމު އެޅުވުމުގެ ކުރިން ވެސް ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓުތައް ވަނީ ވިކި ހުސްވެފައެވެ. 

37%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
34%
ވަރަށް ސަލާމް
ކޮމެންޓްސް