
ފުލުހުން މިއަދު "ސީީއެންއެމް" އަށް ބުނިގޮތުގައި އެ ބިދޭސީމީހާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީފުރުއްސާރަ ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރީ އިއްޔެވެ.
އެކަން ހިނގާފައިވަނީ މައްޗަންގޯޅީގައި ހުރި މިސްކިތެއްގައި ކަމަށް ބުނިނަމަވެސް މިސްކިތުގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ބުނީ މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖިންސީފުރުއްސާރަ ކޮށްފައިވަނީ އުމުރުން 10 އަހަރުގެ ކުއްޖަކަށެވެ. އެއީ އެމިސްކިތުގައި މަސައްކަތްކުރާ މީހެކެވެ.
ބިދޭސީމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާއަށް އާންމުން ހަމަލާދޭން މަސައްކަތްކުރަމުން ދަނިކޮށެވެ. ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރުއްސާރަ ކުރުން ދަނީ އިތުރުވަމުން ނެވެ. މިކަމާއި ގުޅިގެން މީގެ ކުރިން ވެސް ބިދޭސީންގެ އިތުރުން އިތުބާރު ހިފޭ މަގާމުތަކުގައި ތިބޭ ދިވެހީންވެސް ހައްޔަރުކޮށްފައި ވެއެވެ.