ads
މެންބަރު މުހައްމަދު ސައީދު
ބަހުސް ކުރައްވާ މައުލޫއު ސައީދުއަށް އޮޅިވަޑައިގެންފި
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރަގެ މެންބަރު މުހައްމަދު ސައީދު އަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވާ މައުލޫ އޮޅިވަޑައިގެންފިއެވެ.
Advertisement

މިއަދު ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ ބަހުސްކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަނޑައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިނގުމަށާއި ގުދަންކުރުމުގެ ބޭނުމަށް ދައުލަތުން ތަންތަން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅާފައިވާ ގަރާރަށެވެ. 

އެ ގަރާރަށް ބަހުސް ކުރައްވަން އެންމެ ފުރަތަމަ އެދިވަޑައިގަތީ ވެސް މެންބަރު ސައީދެވެ. އޭނާ ވާހަކަ ފެއްޓެވީ ތިލަފުށިން 99 އަހަރަށް ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުންނެވެ. އެ ބިމާގުޅޭގޮތުން ހައްދަވާފައިވާ ހިސާބުތަކާއި ގުޅޭގޮތުން ތަފްސީލީ ވާހަކަތަކެއް ދައްކަވަމުން ގެންދެވިއެވެ. އެ ވާހަކަތައް މެދު ކަނޑާލީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ނެންގެވި ނިޒާމީ ނުކުތާއަކުންނެެވެ. 

ގަފޫރު ވިދާޅުވީ ސައީދު ބަހުސް ކުރައްވަމުން ގެންދަވަނީ "މިއަދު ހުށަހެޅިފައިވާ މައުލޫއަށް ނޫން" ކަމަށެވެ. އެ ނިޒާމީ ނުކުތާ ބަލައިގަނެ ރިޔާސަތުން ވަނީ ސައީދުއަށް މައުލޫއަށް ބަހުސް ކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ. އެ ނަސޭހަތް ދެއްވުމުން ވެސް ސައީދުއަށް މައުލޫ އޮޅިވަޑައިގަތެވެ. އެގޮތުން ސައީދު ވިދާޅުވީ "މައުލޫގައި އޮތީ ވިޔަފާރި ވެރިންނަށް ބިން ނުލިބޭ މައްސަލަ" ކަމަށެވެ. އެ މައުލޫގައި ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވިއެވެ.

މައުލޫ އޮޅުވާލައިގެން ސައީދު ވާހަކަ ދައްކަވާތީ ދެން ނިޒާމީ ނުކުތާއެއް ނެންގެވީ، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ. 

"އިއްޒަތްތެރި ރައީސް އަދިވެސް ޓޮޕިކް ނޭގިގެން އުޅުއްވަނީ. ސާފުކޮށްލަދެއްވަންވީ ނޫންތޯ؟ ޓޮޕިކަކަށް ނޫން ވާހަކަ ދައްކަވަނީ،" ރާއީ ވިދާޅުވިއެވެ.

ރާއީ މިހެން ވިދާޅުވުމުން ސައީދު އަނެއްކާވެސް ވާހަކަ ދައްކަވަން ފައްޓަވަމުން އޭނާއަށް ހެދުނު ގޯސް ދިފާއުކުރައްވަން މަސައްކަތް ކުރެއްވިއެވެ. އެގޮތުން ސައީދު ވިދާޅުވީ "ބިން ވާނީ ބިމަށް" ކަމަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް