ads
މެންދުރު ދަންފަޅީގެ ހުސް ވަގުތުކޮޅަށްފަހު މަޖިލިސް ފެށުނުއިރު ތަޅުން އޮތީ ހުސްކޮށް——
ހުސް ވަގުތުކޮޅަކަށްފަހު މަޖިލިސް ފެށުނުއިރު މަޖިލީހުގައި ބައިވެރިވާނެ މެމްބަރަކު ނެތް!
ހުސް ވަގުތުކޮޅަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުނުއިރު މަސައްކަތްތަކުގައި ބައިވެރިވާނެ މެމްބަރަކު ނެތިގެން މިއަދުގެ މަޖިލިސް ނިންމާލައިފި އެވެ.
Advertisement

މިއަދުގެ ޖަލްސާ ފެށިގެން މެންދުރު އަތަށް އެޅުނުއިރު ހިގަމުންދިޔައީ މަޖިލީހުގެ މަސައްކަތްތަކަށްވުރެ ބޮޑަށް ސިޔާސީ ވާހަކަތަކާއި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދުުކުރަމުންދިޔަ ސިޔާސީ ހަމަލާތަކެކެވެ. ދެ ފެކްޝަނަކަށް މިވަގުތު ބެހިފައިވާ އެމްޑީޕީގެ ފެކްޝަނުގެ ޒުވާބުތައް ވެސް ވަރަށް ބޮޑަށް މަޖިލީހުގައި ހިގަމުންދިޔަ އެވެ. 

މި ޒުވާބުތައް ބޮޑުވެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އިސްތިއުފާއަށް ވެސް ބައެއް މެމްބަރުން ގޮވަމުންދިޔަ އެވެ. އަދި ބައެއް މެމްބަރުންގެ ނަން އިއްވާ މަޖިލީހުން ބޭރުކުރަން ވެސް ޖެހުނެވެ. 

މެންދުރު ދަންފަޅީގައި މެމްބަރުންގެ ކޯޅުން ބޮޑުވެފައިވަނިކޮށް 12:24 ގައި ހުސްވަގުތުކޮޅެއް ރިޔާސަތުން މެމްބަރުންނަށް އެރުވި އެވެ. އެއީ ކޮންމެ ޖަލްސާއެއްގައި ދެވޭ ހުސްވަގުތުކޮޅެކެވެ. އެޔަށްފަހު މަޖިލިސް 13:00 ގައި އަނެއްކާވެސް ފެށިގެން ކުރިއަށް ހުރި މަސަައްކަތްތަކާއިގެން ކުރިއަށް ދެއެވެ. ނަމަވެސް މިއަަދުގެ ޖަލްސާގައި ނެގި ހުސްވަގުތުކޮޅަށްފަހު 13:00 ގައި އަލުން މަޖިލިސް ފެށުނުއިރު މަޖިލީހުގެ ތަޅުން އޮތީ މުޅިން ހުސްކޮށެވެ. ޓީވީން ދުރަށް ދައްކަމުންދިޔަ އެ ޖަލްސާގެ މަންޒަރުތަކަށް ބަލާއިރު އެވަގުތު މަޖިލިސް ތެރެއިން ފެންނަނީ ރިޔާސަތުގައި އިންނެވި މެމްބަރު އަފީފް އަދި އިތުރު އެއް މެމްބަރެކެވެ. 

ހުސްވަގުތުކޮޅަށްފަހު މަޖިލިސް ފަށައިގެން ކުރިއަށް ދެ މަސައްކަތެއްް ރިޔާސަތުން އިއުލާން ކުރެއްވި އެވެ. އެއީ:

  • ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ހުށަހަޅުއްވާފައިވާ، ނަފްސާނީ ސިއްހަތާ ގުޅޭ ހިދުމަތްތަކާ ބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އެ ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅި ގަރާރުގެ ބަހުސް ކުރިއަށްގެންދިއުން
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށް ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅާ ގަރާރުގެ ބަހުސް ކުރިއަށްގެންދިއުން

ބަހުސްގެ މަރުހަލާގައި އޮތް މި ދެ ގަރާރަށް ބަހުސްކުރަން މިއަދު ރިޔާސަތުން ހުޅުވާލި ނަމަވެސް އެއްވެސް މެމްބަރަކު ބަހުސްކުރުމުގެ ފުރުސަތަކަށް އެދިފައެއް ނުވެ އެވެ. އެހެންވެ، ގަވާއިދުގައި އޮންނަ ގޮތުގެ މަތީން މަޖިލީސް ނިންމާލިކަން ރިޔާސަތުން އިއުލާންކޮށް 13:07 ގައި ޖަލްސާ ނިންމާލި އެވެ. 

މުހިންމު ދެ ގަރާރަކަށް ބަހުސްކުރަން އެއްވެސް މެމްބަރަކު ފުރުސަތަކަށް ނޭދުމާއި، ތަޅުމުގައި މެމްބަރުން ނެތި މަޖިލިސް ނިންމާލުމާއި ބެހޭގޮތުން އެވަގުތު ރިޔާސަތު ބެލެހެއްޓެވި މެމްބަރު އަފީފް އާއި "ސީއެންއެމް" އިން ސުވާލުކުރެއްވުމުން ވިދާޅުވީ، އެވަގުތު ތަޅުމުގައި ތިއްބެވީ ސީދާ ކިހާ އަދަދެއްގެ މެމްބަރުންނެއް ކަމެއް ހަނދާނުގައި ނެތް ކަމަށެވެ. އެކަމަކު ޔަގީނުންވެސް ހަތަރު މެމްބަރަކު ތިއްބެވި ކަމަށެވެ.

އެވަގުތު ގިނަ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ ސީދާ ސަަބަބު އެގިނުލައްވާ ކަމަށެވެ. އެކަމަކު އޭގެތެރެއިން ބައެއް މެމްބަރުން ކޮމިޓީގައި ތިބުންވެސް އެކަށީގެންވާ ކަމަށެވެ. 

"ދެން ގަަވާއިދުގައި އޮންނަނީ ބަހުސްގެ ފުރުސަތު ހުޅުވާލުމަށްފަހު އެއްވެސް މެމްބަރަކު ފުރުސަތަކަށް ނޭދޭނަމަ މަޖިލިސް ނިންމާލަން. އެގޮތުގެ މަތީން ޖަލްސާ ނިންމާލީ. އެގަރާރުތަކުގެ މަސައްކަތް އެހެން ޖަލްސާއެއްގައި އަނެއްކާވެސް ކުރިއަށްދާނެ،" މެމްބަރު އަފީފް ވިދާޅުވި އެވެ.

your imageމަޖިލީހުގެ ރިޔާސަތުގައި އިނެނެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް

ހުސްވަގުތުކޮޅަށްފަހު އެންމެ ހަތަރު މެމްބަރުން ޖަލްސާގައި ބައިވެރިވެފައިވާއިރު، އޭގެކުރިން ވެސް ޖަލްސާގައި ތިއްބެވީ މުޅި މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަދު މެމްބަރުންތަކެކެވެ. 

މުޅި ޖުމްލަ 87 މެމްބަރުން ހިމެނޭ މަޖިލީހުގައި މިއަދުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 33 މެމްބަރުން ނެވެ. ސަލާމުގައި ހަތް މެމްބަރަކު އަދި ރަސްމީ ދަތުރުފުޅެއްގައި އެއް މެމްބަރަކު ހުންނެވިއިރު، ބާކީ 46 މެމްބަރުން ސަލާމް ބުނުމެއްވެސް ނެތި ތިއްބެވީ ގޭގައެވެ. 

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް