ads
މަޖިލީހުގެ އިދާރާގައި ޖިމް ހުޅުވައިދެއްވަނީ---ފޮޓޯ:މަޖިލިސް
މަޖިލީހުގައި ޖިމެެއް ހުޅުވައިފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފި އެވެ.

މަޖިލީހުން ބުނިގޮތުގައި އެ ޖިމަކީ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ބޭނުންކުރުމަށް ހާއްސަކުރެވިގެން ތަރައްގީކުރެވުނު ޖިމެކެވެ. 

އެ ޖިމް ގާއިމުކޮށްފައިވަނީ، މަޖިލީހުގެ އިދާރާގެ 12 ވަނަ ފަންގިފިލާގައެވެ. މި ޖިމް ތަރައްގީކޮށްފައިވަނީ ޕާކިސްތާނު ސަރުކާރުން މަޖިލީހަށް ދީފައިވާ ހިލޭ އެހީގެ ދަށުންނެވެ. ޖިމްގެ ހިންގުމަށް ބަޔަކު ހޯދުމަށް އިއުލާންކުރީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މިއަދު މި ޖިމް ހުޅުއްވައިދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

your imageމަޖިލީހުގެ އިދާރާގައި ހުޅުވި ޖިމް---ފޮޓޯ:މަޖިލިސް

މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ފިހާރައަކާއި ރެސްޓޯރަންޓެއް ތަރައްގީކުރުމަށްވެސް މަޖިލީހުން މީގެ ކުރީން އޮތީ ނިންމާފައެވެ. އެކަން ކޮށްދޭނެ ބަޔަކު ހޯދަން އޮތީ އިއުލާންވެސް ކޮށްފަ އެވެ. އެކަމަކު އަދި މި މަސައްކަތް އޮތް ހިސާބެއް މަޖިލީހުން ހާމަައެއް ނުކުރެ އެވެ. 

މިތަންތަން ގާއިމުކުރާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުުވެފައި އޮތީ އެ މަޖިލީހުގެ އާ އިމާރާތުގަ އެވެ. އެތަނުގެ ބިންގާ އަޅާ މަސައްކަތް ފެށީ އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެތަނުގެ މަސައްކަތް ނިންމާ މަޖިލީހާއި ހަވާލުކުރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

ރެސްޓޯރަންޓާއި ފިހާރަ އަދި ޖިމް ހިގަމުންދާނީ ޖިލީހުގެ ސޯޝަލް ކްލަބުން ނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް