ތީމު ގެއަކީދައުލަތުގެ އެންމެ އިސްވެރިޔާ ދިރިއުޅުއްވަން ކުރީގެ ރައީސް މައުމޫގެ ވެރިކަމުގައި އިމާރާތްކުރި ތަނެއްނަމަވެސް އޭގެފަހުން ވެރިކަމަށް ވަޑައިގެން އެއްވެސް ބޭފުޅަކު އެތަނުގައި ދިރިނޫޅުއްވައެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުން ތީމުގޭ ފާރުގައި ޖަހާފައިވާ ބޯޑަރުތަކުން ބައެއް މަގުމައްޗަށް ވަނީ ވެއްޓިފައެވެ. ބޯޑަރުން ބައެއް މަގުމައްޗަށް ވެއްޓުމުން އެތަނުގެ ތިރީގައި ޕާކުކޮށްފައިވާ ސައިކަލަކަށްވެސް ވަނީ ގެއްލުންވެފަ އެވެ. އެކަމަކު މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.
ތީމުގޭ ފާރުގެ ބޯޑަރުން ބައެއް މިއަދު ވެއްޓުނުއިރު އެތަން މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކޮން އިދާރާއެއްގެ ބެލުމުގެދަށުންކަން އަދި ސާފުވާގޮތެއް ނުވެއެވެ.