ލޮރިސްއަށް އަނިޔާވީ މި ހަފްތާގައި މެންޗެސްޓަ ސިޓީއާ ޓޮޓެންހަމް ކުޅުނު މެޗުގައެވެ. އެ މެޗުން ޓޮޓެންހަމްވަނީ މޮޅުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލޮރިސްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ދެން އެންމެ އަވަހަށްވެސް ކުޅެވޭނީ ދޮޅު މަސް ދުވަސް ފަހުންނެވެ. ލޮރިސްއަށް އަނިޔާވެފައިވާތީ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާ ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެއެވެ.
އަނިޔާވެ ދޮޅު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ލޮރިސްވަނީ ވޯލްޑްކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ހުއްޓާލިއިރު އޭނާއަކީ ފްރާންސްގެ ކެޕްޓަނެވެ.