ކުޑަގިރި ޕިކްނިކް އައިލެންޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެޗްޑީސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރު ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ހުޅުވާ ދުވަހު ކުޑަގިރިއަށް ދިއުމުގެ ފުރުސަތު ލިބޭނީ ވަކި އަދަދެއްގެ ބަޔަކަށް ކަމަށެވެ.
ކުރިން ނިންމާފައިވަނީ ކުޑަގިރި ހުޅުވާ ދުވަހު 200 މީހުންނަށް ޖާގަ ދިނުމަށް ކަމަށް ވީ ނަމަވެސް، ފަހުން އެ އަދަދު 300 މީހުންނަށް އިތުރުކުރެވިފައިވާ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
ނިއުޝާދު ވިދާޅުވި ގޮތުގައި ކުޑަގިރިއަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ވެސް އެ ރަށަށް ދިއުމަށް ބުކިން ހެއްދޭނެ ކަމުގައެވެ. އެގޮތުން،
ނިއުޝާދު ވިދާޅުވީ ކުޑަގިރި ހުޅުވުމަށް ފަހު، އިތުރު ބޭނުންތަކަށް ހާއްސަ ޕެކޭޖްތައް ތައާރަފުކުރާނެ ކަމަށާއި އެ މަސައްކަތް ކުޑަގިރި ޓީމުން މިހާރު ކުރަން އަންނަ ކަމަށެވެ.