ads
ކުޑަގިރި--
ކުޑަގިރީގައި ފަތުރުވެރީން މޫދަށް އެރޭނީ ވަކި ސަރަހައްދަކަށް
ކުޑަގިރި ޕިކްނިކް އައިލެންޑުގައި ފަތުރުވެރީން މޫދަށް އެރުމަށް ބޭނުންކުރާނީ ވަކި ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެފި އެވެ.
Advertisement

އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާކެޓިން އެންޑް ޕީއާރު ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ, ފަތުރިވެރީންނަށް ވެސް ކުޑަގިރިއަށް އެރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަކު ފަތުރުވެރީންނަށް ފުރުސަތު ދޭނީ ދިވެހީން އެންމެ މަދުވާނެ ދުވަސްތައް ބަލާފައި ކަމަށެވެ. 

ފަތުރުވެރީން މޫދަށް އެރުމަށް ބޭނުންކުރާނީ ވަކި ބީޗެއް ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ.

"އެކަމަކު ޓޫރިސްޓުން ވެސް ރަށުގައި މި އުޅެން މި ޖެހެނީ މިހާރު ހެދިފައި ހުރި ގަވައިދުގެ މަތީން ރަށުގައި ޓޫރިސްޓުންނެއް ބިކިނީގައި، ސްވިމް ވެއާ އަކު ނޫޅޭނެ ޕަބްލިކް އޭރިއާޒްތަކުގައެއް." ނައުޝާދު ވިދާޅުވިއެވެ.

ނައުޝާދު ވިދާޅުވީ ގަވާއިދު ބައްޓަން ކޮށްފައި އޮންނާނީ ރާއްޖޭގެ ރަށަކަށް ދިއުންފަދަ ކަމެއްގެ ގޮތުގައި ކަމުން އިޖްތިމާއީ މިންގަނޑުތަކަށް ފަތުރުވެރީންގެ އިތުރުން ދިވެހީންވެސް ތަބާވާން ޖެހޭނެ ކަމަށެވެ. އެގޮތުން އިޖުތިމާއީ މިންގަނޑުން ބޭރުން ހެދުން އެޅުމުގެ ފުރުސަތު ދިވެހީންނަށް ވެސް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. 

އަންނަ ހޮނިހިރު ދުވަހު ކުޑަގިރި ހުޅުވާލާއިރު އެންމެ ފުރަތަމަ ހުޅުވާލަން ނިންމާފައި ވަނީ 300 މީހުންނަށެވެ. މިއަދުން ފެށިގެން ބުކިންގެ ފުރުސަތު ހުޅުވާލާފައިވާއިރު، އާންމުންނަށް ކޮންމެ ދުވަހަކުވެސް ކުޑަގިރިއަށް ދެވޭނެ އެވެ. އެކަމަކު ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ކުޑަގިރިއަށް ދިއުމަށް ބޮލަކަށް 50 ރުފިޔާ ނަގާނެ އެވެ. އަމިއްލަ ލޯންޗާއި ދޯނި ފަދަ ތަކެތީގައި ކުޑަގިރިއަށް އަންނަ ނަމަވެސް ކުޑަގިރީގައި ދޯނި ބޭއްވުމަށް ފީއެއް ނަގާނެ އެވެ. އެއީ ދުވަހުގެ ބައެއްގައި ނަމަ 250 ރުފިޔާ އަދި މުޅި ދުވަހަށް ނަމަ 500 ރުފިޔާ އެވެ.

މިހާރުގެ ސަރުކާރުން ކުޑަގިރި ތަރައްގީކުރީ މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކްދާނެ ރަށެއް ނެތުމުގެ ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކޮށެވެ.

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް