
ކޮކާ-ކޯލާއިން މިއަދު ބުނި ގޮތުގައި އެ ކުންފުނިން އުފައްދާ ކޯކު، ފެންޓާ އަދި ސްޕްރައިޓްގެ 1.25 އަދި ދެ ލީޓަރުގެ ފުޅި އާއެކު ހިލޭ ބޮނަކުއާ ފެންފުޅިއެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ހޫނުގަދަ ދުވަސްތަކުގައި ކަރުހިއްކުން ފިލުވާލުމަށް އާންމުންނަށް ހިތްވަރުދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމުގައެވެ. މި ޕްރޮމޯޝަނުގެ ތެރެއިން،
- ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ އޮރެންޖުގެ އިތުރުން ފެންޓާ ސްޓްރޯބެރީގެ 'ޕްރޮމޯ ޕެކް' ފުޅި އާއެކު ހިލޭ ބޮނަކުއާ 1.5 ލީޓަރުގެ ފެންފުޅިއެއް ލިބޭނެ
- މި ޕްރޮމޯޝަނުގެ ދަށުން ތައާރަފުކޮށްފައިވާ 'ޕްރޮމޯ ޕެކް' ކޮކާ-ކޯލާ ވިއްކާ ހުރިހާ ފިހާރަތަކުންވެސް ލިބެން ހުންނާނެ
ކޮކާ-ކޯލާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖު ސިންހާ ވިދާޅުވީ، ކޮކާ-ކޯލާ އިން ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެންމެ ފެންވަރު ރަނގަޅު ބުއިންތައް ކަމަށާއި ބޭނުމަކީ ހަމައެކަނި ކަރުހިއްކުން ފިލުވާލުމަށް ބޯ ބުއިންތަކެއް ފޯރުކޮށްދިނުމުގެ ބަދަލުގައި ތާޒާވެ ތިބުމަށް ތަފާތު ގިނަ ވައްތަރުގެ ޗޮއިސްތައް ހޯދައިދިނުން ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވިއްކަމުންދާ ބޮނަކުއާ އަކީ ފެންވަރު ރަނގަޅުކޮށް އުފައްދައި ބަންދުކޮށްފައިވާ ކޮކާކޯލާގެ ގްލޯބަލް ބެވަރޭޖް ޕޯޓްފޯލިއޯގެ ތެރޭގައި ހިމެނޭ ބޯފެނެކެވެ.