ads
ކޮޕީ އިއްސެ އަދި އަޝްފާ
ކޮޕީ އިއްސެގެ އެކްޓިން އިތުރު ލެވަލެއް މައްޗަށް!
އޮލިމްޕަހުގައި 'ބީވީމާ' ރިލީޒްކޮށްފައިވާއިރު، އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ބީވީމާ ބަލާ މީހުންނަށް އެ ފިލްމުގެ މޮޅުވާހަކަ ދައްކާއިރު، އެ ފިލްމުގެ އެކްޓަރުންގެ މޮޅުވާހަކަ ނުއްދައްކައެއް ނުހުރެވެއެވެ. 

މި ފިލްމުގެ ލީޑު ރޯލުތަކުން މަޝްހޫރު ފިލްމީތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި، އަލަށް ތައާރަފްވާ ދިވެހި ލަވަކިއުންތެރިއާ މަރިޔަމް އަޝްފާ، އާމިނަތް ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) އެވެ. 

ކޮޕީ އިއްސެގެ އެކްޓިން އިތުރު ހަރުފަތަކަށް ދިޔައީކީއްވެ؟ 

މި ފިލްމުގައި މި ހަރު ތަރިން ވެސް މޮޅު އެކްޓިންއެއް ދައްކާލިއިރު، އަލަށް ތައާރަފްވި އަޝްފާއަށް ވެސް ކޮޕީ އިއްސެ ފަދަ ހުނަރުވެރި ތަރިއަކާއެކު އެކްޓުކުރަން ފުރުސަތު ލިބުމުން، އިއްސެގެ ރިފްލެކްޝަން އަޝްފާއަށް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އިއްސެއާއި އަޝްފާގެ ކެމިސްޓްރީ މި ފިލްމުން ވަރަށް ފުރިހަމައަށް ފެންނައިރު، އެ ފިލްމުގައި އިއްސެ ފިލްމުގެ ރޯލަށް ވަރަށް ބޮޑަށް ވަދެފައިވާކަން ފާހަގަކޮށްލެވެއެވެ. ސަބަަބަކީ ފިލްމު ބަލަމުން ދާއިރު، ފިލްމުގައި އުޅެނީ ކޮޕީއިއްސެއެއް ނޫނެވެ. އޭގެން ފެންނަނީ އިއްސެ އެކްޓުކުރާ 'އަޔާ' އެވެ. މީގެން ވެސް އިއްސެ ފިލްމުގެ ސްކްރިޕްޓުކިޔާ ކެރެކްޓާގެ ތެރެއަށް ވަދެފައި ހުރި މިންވަރު ފެނެއެވެ. އަޝްފާ ކުޅޭ "ރާނިޔާ" ގެ ރޯލުން އޭނާ ފެންނައިރު އޭނާ ކުރުމަތީގައި ހުންނަނީ ކޮޕީ އިއްސެއެއް ނޫނެވެ. އެއީ 'އަޔާ' އެވެ. މިހެންކަމުން އަލަށް އެކްޓުކުރާ ތަރިއަކަށް ވެސް ސީންގެ ތެރެއަށް ވަންނަން ވަރަށް ފަސޭހަ ވާނެއެވެ.  

your imageބީވީމާގެ މަންޒަރެއްގައި ކޮޕީ އިއްސެ އަޝްފާއާއެކު ކާރެއްގައި

ފިލްމު ބަލަން ލޯމަރާލައިގެން އިންނައިރުވެސް އަޔާ އާއި ރާނިޔާގެ ޑައިލޮގުތައް އެކަނި އަޑުއަހާލާއިގެން ވެސް ފިލްމުގައި ވާގޮތް ބަލާލެވެއެވެ. ސަަބަަބަކީ ފިލްމުގައި ޑަބިން އަދި ވޮއިސް ކޮންޓްރޯލިންނަށްވެސް ރަނގަޅު ފެންވަރެއްގައި މަސައްކަތްކޮށްފައިވާތީއެވެ. 

ކޮޕީ އިއްސެއަކީ ކޮންމެ ރޯލެއް ކުޅެން ޖެހުނުކަމުގައިވިއަސް ދެވަނަ އެކްޓަރާ ކެމިސްޓްރީ ދިމާކުރުމުގެ ގާބިލުކަން ހޯދާފައިވާ ދިވެހި މަދު ފަންނާނުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކެވެ. މިހެން ކަމުން އަލަށް ފިލްމުކުޅެން ނުކުތް އަޝްފާއަށް ވެސް އެހާ ރަނގަޅަށް ރޯލުގެ ތެރެއަށް ވަދެވުނީ އިއްސެވެސް ތައްޔާރުވެފައި ހުރިލެއް ބޮޑުކަމުންނެވެ. އިއްސެގެ ހުނަރުވެރިކަން ވެސް ބޮޑީއެވެ. ސަބަބަކީ އަލަށް އެކްޓުކުރަން ނުކުން ފަންނަނާއެކު ވެސް އެހާ ކެމިސްޓްރީ ރަނގަޅުކޮށް ކުޅެފައިވާތީއެވެ. 

އިއްސެ ކައިރިން އެކްޓަރުން ފިލާވަޅެއް ދަސްކުރުން މުހިންމު:

ކޮޕީ އިއްސެ މީގެ ކުރިން ފެންނަނީ ކޮމެޑީ، ރުޅިގަދަ އަދި ހަރުކަށި ރޯލުތަކުންނެވެ. ނަމަވެސް ބީވީމާއިން ފެންނަ އަޔާ އަކީ ވަރަށް މަޑުމައިތިރި ހިތްވަރުގަދަ މީހެކެވެ. މިރޯލުގެ ތެރެއަށްވެސް އިއްސެ ވަނީ ވަރަށް ބޮޑަށް ވަދެފައެވެ. 

ބީވީމާގެ މޮޅު ވާހަގަ ގިނަ ބަޔަކު ދައްކާއިރު ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ފިލްމުގެ ތެެރެއަށް މީހުން އެހާބޮޑަށް ވައްދާލާބަޔަކީ ފިލްމުގެ އެކްޓަރުންނެވެ. ބީވީމާގެ ލީޑު ރޯލުން ފެންނަ ތިން އެކްޓަރުން ވެސް ވަނީ އެމީހުން ވާޖިބު މި ރޮގުންވެސް ވަރަށް ބޮޑަށް އަދާކޮށްފައެވެ. 

your imageބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…

މީގެ އިތުރުން ފިލްމުގައި އިއްސެގެ ކުޑައިރުގެ ރޯލު ކުޅޭ ކުއްޖާއާއި ވެސް އެއްގޮތްކަމެއް ވެސް އިއްސެގެ އެކްޓިން އިން ފެނެއެވެ. މިއީވެސް ކިހާބޮޑު އަޖައިބެއްތޯ؟ އެވެ. ހަމަ ޔަގީނުން ވެސް އެއީ ސިފަވައްތަރުކަން ނޫނަސް އެކްޓިންގެ ވެސް ވައްތަރުކަމުންނެވެ.

މި ފިލްމުގައި އިއްސެގެ އެކްޓިން ބަލައި، ދިވެހި ފިލްމީ އިންޑަސްޓްރީގެގިނަ އެކްޓަރުން އިއްސެ ކައިރިން ފިލާވަޅެއް ދަސްކުރުން ވެސް މުހިންމެވެ. ސަަބަބަކީ މި ފިލްމުގެ ތެރެއިން ހަމަ އެއްގޮތަކަށް ވެސް ކޮޕީ އިއްސެ ނުފެންނާތީއެވެ.

55%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް