
ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މަައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.
ފުލުުހުން މިއަދު ބުނިގޮތުގައި އެމައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ޒުވާނެކެވެ. އޭނާ ހައްޔަރުކުރީ މިިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުންޏެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަންގާފަ އެވެ.
ކުޑަކުދިންގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވުމުން މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުޑަ ދެ އަަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ދިވެއްސަކު ހައްޔަރުކުރިއިރު، މިސްކިތެއްތެރޭ ތަކުރާރުކޮށް އެކިދުވަސްމަތިން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ފުރުއްސާރަ ކުރި ބިދޭސީ ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި އެންމެ ގިނައިން ރިޕޯޓުކުރަނީ ޖިންސީ ގޯނާ އާއި އިހުމާލުގެ މައްސަލަތަކެވެ.