ads
އާޒިމާ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި--
އާޒިމާގެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ދައުލަތުން އެދިއްޖެ
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ބަލައި ނުގަތުމަށް ދައުލަތުން ކޯޓުގައި އެދިއްޖެ އެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އޮކްޓޫބަރު ގައެވެ. އެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމެވެ. އެފަހަރު އާޒިމާގެ ފަރާތުން ދެ ހުށަހެޅުމެއް ހުށަހެޅިއިރު ބާކީ ހުށަހެޅުންތައް އެހެން އަޑުއެހުމެއްގައި ހުށަހަޅަން ނިންމި އެވެ. 

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތެއް ކަމަށް ގަވާއިދު ބުނަނީ 15 ދުވަހަށްވުރެ ދިގު ނޫން މުއްދަތެކެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަންގަވާ އެދުނީ، އާޒިމާގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅަނީ ޖިނާއީ އިޖުރާއަތު ގަވާއިދުގައި ބުނާ މުއްދަތު ހަމަވި ފަހުންކަމުން އެ ހުށަހެޅުންތައް ބަލައި ނުގަތުމަށެވެ. 

ދައުލަތުގެ މި ނުކުތާއަށް ޖަވާބުދެއްވުމަށް ވަގުތު ދެއްވުމަށް އާޒިމާގެ ފަރާތުން އެދިވަޑައިގަތެވެ. އެއީ އިދާރީ ކަންކަން ބަލަހައްޓަވާ ވަކީލު ބަލިވުމުގެ ސަބަބުން މިއަދުގެ އަޑުއެހުމުގައި ބައިވެރިނުވެވޭތީ އެވެ. 

ޝަރީއަތުން މިއަދު ނިންމެވީ ޖަވާބުދާރީވުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. އެޔަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 

މައްސަލައިގެ ހުލާސާ

ދައުލަތުން އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެކެވެ. 

އާޒިމާގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންއާއި، އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށެވެ. އަދި އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ބީއެމްއެލް އިން ވަކި ގޮތަކަށް ލިޔުން ހޯއްދެވި ކަމަށާއި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމަށް ވެސް ދައުލަތުން ތުހުމަތު ކުރެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް