ads
ޑިއާރުޕީގެ ލީޑަރު ޖާބިރު
ޑީއާރުޕީން އަނެއްކާވެސް ހައިކޯޓަށް
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އަނެއްކާވެސް ޑީއާރުޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޑީއާރުޕީ އުވާލަން އިލެކްޝަންސް އިން ނިންމުމުން ޑީއާރުޕީން އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅީ ސިޔާސީ ޕާޓީތަކާ ބެހޭ މައްސަލައެކެވެ. އެހެންނަމަވެސް މި ފަހަރު ޑީއާރުޕީން ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެކެވެ. މި މައްސަލަ ހައިކޯޓުން ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީ އުވާލަން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީއެއްގައި ހިމެނުމަށް ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގައި އެ އަދަދު ހަމަނުކުރެވުމުންނެވެ. ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކާބެހޭ ގާނޫނގައި ބުނެއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ – ޑީއާރުޕީ އުވާލަން ނިންމުމުން އެކަން ހުއްޓުވަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ފުރަތަމަ ބޭރުކޮށްލީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ޑީއާރުޕީ އުވާލަން އިލެކްޝަންސްއިން ނިންމުމުން އެ ޕާޓީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީއަށް އީސީއިން ދިން މުއްދަތުގެ ތެރޭ މެމްބަރުން ހަމަ ނުކުރެވުނީ، މިހާރުގެ ޑީއާރުޕީގެ ލީޑާޝިޕުން 2019 ވަނަ އަހަރު ޕާޓީ އާއި ހަވާލުމާއި އެކު އޭގެ ކުރިން އެ ޕާޓީ ހިންގުމާއި ހަވާލުވެތިބި ފަރާތްތަކުން ކުރި ކަންކަމުގެ ސަބަބުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ހަދައިގެން ކަމަށެވެ.  އަދި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުންވެސް ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދަތިތަކާއި ކުރިމަތިވި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް