ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން އަނދުން ހުސެން ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ ހަމައެކަނި ބޭސްގުޅައެއް ދީގެން ރަނގަޅުވާނެ ކަމެއް ނޫންކަމަށެވެ.
އަދި ނަފްސާނީ ގިނަ މައްސަލަތައް ގުޅިފައިވަނީ ދިރިއުޅުމިގެ ހާލަތާކަމަށެވެ. އަދި މާލޭން ގޯތި ލިބުމުން އެ މައްސަލަތައް ހައްލުވެ، ރައްޔިތުންގެ ހިތައް އަރާމުލިބޭނެކަމަށެވެ.
އަނދުން ހުސެން ވިދާޅުވީ 5000 ގޯތީގެ އިތުރުން ވެސް އިތުރު ގޯތި ދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާކަމަށާއި، އެހްކަމުން މިހާރު މާލޭގައި ހުރި ކޮންމެ ގޯއްޗަކަށް ގޯއްޗެއް ލިބިގެންދާނެކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން އަޅާ 12،000 ފްލެޓްގެ ތެރެއިން 4،000 ފްލެޓް ވެސް މިއަހަރު ނިންމާއި ހަވާލުކުރެވޭނެކަމަށެވެ.
އަނދުން ހުސެން ވިދާޅުވީ، އޭނާ ރައީސް ސާލިހަށް ތާއީދު ކުރައްވާ އެންމެ މައިގަނޑު އެއް ސަބަބަކީ ވެސް ރައީސް ސާލިހު މާލެ ސަރަހައްދަށް ގެންގުޅުއްވާ ބިންވެރިކަމުގެ ސިޔާސަތު ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;