ads
ޝާޔާ ރާއްޖެއައުމުން މިނިސްޓަރު ބައްދަލު ކުރައްވަނީ
މިސްރުގެ ޤުރުއާން މުބާރާތުން ރާއްޖެއަށް ދެ ވަނަ
މިސްރުގައި ބޭއްވި 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ރާއްޖެއަށް ދެ ވަނަ ލިބިއްޖެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރީ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު އެވެ. ސާޔާއަކީ އިސްކަންދަރު ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރެކެވެ.

މިސްރުގެ މުބާރާތުން ދެ ވަނަ ހޯދިއިރު ޝާޔާއަކީ 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތުގައި ހިތުން ކިޔެވުމުގެ ބައިން  ރާއްޖެ ތަމްސީލުކޮށްފައިވާ ދަރިވަރެކެވެ.

ޝާޔާއަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްފައިވާ ދަރިވަރެކެވެ.

މިސްރުގެ މުބާރާތުގައި 47 ދަރިވަރަކާއި ޝާޔާ ވާދަކޮށްފައިވަނީ މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިނެވެ. މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް 150000 މިސްރު ޕައުންޑް އިނާމެއްގެ ގޮތުގައިވަނީ ލިބިފައެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 75000 ރުފިޔާއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ސާޔާ ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝާޔާއާއި ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރު އަލީ ވަނީ މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި ޝާޔާގެ މައިންބަފައިން ކުރައްވަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި، ހެޔޮޖަޒާދެއްވާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވެ އެކަމަށް މިނިސްޓަރު ޝުކުރުއަދާކުރެއްވިއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް