ads
ބިންހެލުމުގައި މަރުވި މީހުން ވަޅުލާފައިވާ ސަރަހައްދެއް
މަރުވި މީހުންގެ އަދަދު 20000 ހުރަސްކޮށްފި
ތުރުކީ ސީރިއާ ބޯޑަރު ކައިރިއަށް މިދިޔަ ހޯމަވިލޭރޭ އައި ބާރުގަދަ ބިންހެލުމުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު 20000 ހުރަސްކޮށްފިއެވެ.

ތުރުކީއާއި ސީރިއާއަށްވެސް މިފަހުގެ ތާރީހެއްގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު 7.8 މެގްނިޓިއުޑްގެ މި ބިންހެލުމުގައި އިމާރާތްތައް ބިމާހަމަވެފައިވާއިރު އެތައްހާސްބަޔަކު އަދިވެސްތިބީ އިމާރާތްތަކުގެ ދަށުގައެވެ.

ބިން ހެލުން އައިފަހުން ފަސް ވަނަ ދުވަހަކަށް އަލިވިލޭއިރު މަރުވި މީހުންގެ އަދަދު 20000 ހުރަސްކޮށްފައި ވާއިރު އޭގެތެރެއިން 17000 އަށް ވުރެ ގިނަ މީހުންނަކީ ތުރުކީ ސަރަހައްދުން މަރުވި މީހުންނެވެ. އަދި ސީރިއާ ސަރަހައްދުން 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބިން ހެލުމަށް ކުރިމަތިވިތާ ގިނަ ދުވަސްވާވަރަކަށް ދިރިހުއްޓާ މީހުން ސަލާމަތް ކުރެވޭ މިންވަރު މަދުވަމުންދާއިރު، މަރުވެފައިވާ މީހުން ވަޅުލުމުގައިވެސް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެތައްހާސް ބަޔަކު ކޮންމެ ދުވަހަކު ވަޅުލަންޖެހޭއިރު ތުރުކީއާއި ސީރިއާގެ އާއްމުންވެސް ގެންދަނީ އެމަސައްކަތުގައި ބައިވެރިވަމުންނެވެ.

އެހީދޭ ޖަމާއަތްތަކާއި ރެސްކިއު ޓީމްތަކުން ބިންހެލުން ކުރިމަތިވި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު ދުނިޔޭގެ ގައުމުތަކުން ގެންދަނީ އިތުރު އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް