ads
ނާގޯށީ: ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރުމަށް ނިންމާފައިވާ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ.
އެމްޓީޑީސީން ތަރައްގީ ކުރާ ނާގޯށީގެ މަސައްކަތް ނިންމާ އަންނަ އަހަރު ހުޅުވަނީ
އެމްޓީޑީސީން ތަރައްގީ ކުރާ ހދ. ނާގޯށީގެ މަސައްކަތް ނިންމާ އަންނަ އަހަރު އެ ރަށް ހުޅުވޭނެ ކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ތަޒްމީލް ވިދާޅުވެފައިވަނީ އެ ކުންފުނިން އަމިއްލައަށް ރިސޯޓު ހިންގައިގެން ފައިދާ ބޮޑު ކުރެވިދާނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

ޔޫއޭއީގެ ރޯ ގަލަދާރީ ކުންފުންޏާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީން ނިންމާފައިވަނީ ރިސޯޓު ހިންގުމުގެ ފައިދާއިން ކަނޑައެޅިފައިވާ އަދަދެއް ކޮންމެ މަހަކު އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

  • ނާގޯށި އަކީ 73 ހެކްޓަރުގެ ރަށެއް
  • ތަރައްގީ ކުރުމަށް ނިންމާފައިވަނީ 1600 އެނދުގެ ރިސޯޓެއްގެ ގޮތުގައި
  • ރަށުގެ އީއައިއޭ ހެދުމާއި ޑީޓެއިލް ޑިޒައިން އަދި ސާވޭގެ މަސައްކަތްތައް ދަނީ ކުރިއަށް
  • ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ކުރާނެ

ސަރުކާރުގެ ފަރާތުން 2006 ވަނަ އަހަރު އުފެއްދި މި ކުންފުންޏަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް އުފެއްދި ކުންފުންޏެއް ނަމަވެސް އެމްޓީޑީސީއަށް ފައިދާ ވާން ފަށާފައިވަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ އެ ކުންފުނިން ތަރައްގީ ކުރުމަށްފަހު ދެ ކުންފުންޏަކަށް ސަބް ލީޒްކޮށްގެން ހިންގަމުންދާ އަނަންތާރާ ކިހަވަށް އަދި އަޔާޑާ މޯލްޑިވްސްއިންނެވެ. އެމްޓީޑީސީގެ 47 އިންސައްތަ ހިއްސާ ސަރުކާރަށް އޮތްއިރު، 53 އިންސައްތަ ހިއްސާ އޮންނަނީ އާންމުންނަށެވެ. ކުންފުނީގައި އާންމު ހިއްސާދާރުންގެ ގޮތުގައި 24،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް