ads
ޑރ. މުހައްމަދު އަލީ
ބިންހެލުމުގައި ޒަހުމުވެފައިވާ މީހުންނަށް ފަރުވާދީ އެހީވާން ޑރ. މުހައްމަދު އަލީ ތުރުކީއަށް
ތުރުކީއަށް އައި ބިން ހެލުމުގައި ޒަހަމުވެފައިވާ މީހުންނަށް ފަރުވާ ކުރުމަށް ޑރ. މުހައްމަދު އަލީ ތުރުކީއަށް ފުރައިފި އެވެ.
Advertisement

ޑރ. މުހައްމަދު އަލީ ތުރުކީއަށް ފުރާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ތުރުކީއަށް ފުރުމަށް އެއަޕޯޓުގައި ހުންނަވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެދަތުރަކީ ތުރުކީއަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ދެނެގަތުމަށާއި ނުރައްކާތެރި ހާލަތުގައި ތިބި މީހުންނަށް ދެވެންއޮތް ކުޑަ އެހީއެއް ނަމަވެސް ވެދިނުމުގެ މަގުސަދުގައި ކުރާ ދަތުރެއް ކަމަށެވެ. 

" ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އަޅުގަނޑުމެންނަކީ ހާލުގައި ޖެހިފައި ތިބޭ ބަޔަކަށް އެހީވުމުގައި އެންމެ ކުރީގައި ތިބޭ ބައެއް،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ތުރުކީގައި ޒަހަމުވެފައިވާ މީހުންނަށް އެހީވުމަށް ޑރ. މުހައްމަދު އަލީ ކުރާ މި ދަތުރަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ގުޅިގެން ކުރާ ދަތުރެކެވެ. ޑޮޮކްޓަރު ވިދާޅުވީ މި ދަތުރުގައި ތުރުކީގެ ހާލަތު ދެނެގަނެ ދިވެހީންނާއި ހިއްސާކުރަމުންދާނެ ކަމަށެވެ. 

އައިއޭސީން ބުނިގޮތުގައި އެދަތުރުގައި ބައިވެރިވުމަށް ޑރ. މުހައްމަދު އަލީ އިސްނެންގެވީ އަމިއްލައަށެވެ. އެކަމަށްޓަކައި ޝުކުރުވެރިވަމުން އައިއޭސީން ބުނީ ދެ ޓީމުގެ ބައިވެރިން އެކުގައި ތުރުކީގެ އެ ކާރިސާގައި ވެވުނު ހުރިހާ އެހީތެރިކަމެއް ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީގެ ހާއްސަ މެޑިކަލް ޕްރޮގްރާމެއް މިދިޔަ އަހަރު އައިއޭސީ އާއިއެކު ރޮހިންޔާގެ ރެފިއުޖީ ކޭމްޕެއްގައި ވެސް ވަނީ ބާއްވާފަ އެވެ. އެފަހަރު ވެސް އެތަނުގައި އެކި ސިއްހީ އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް ޑރ. މުހައްމަދު އަލީ ފަރުވާދީފައިވެއެވެ.

ތުރުކީ- ސީރިއާއަށް އަށް މިފަހުން އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 21،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، ތުރުކީގެ އިމާރާތްތަކުގެ ދަށުވެ އެކިވަރުގެ ޒަހުމުތައް ލިބިފައިވާ މީހުންގެ އަދަދުވެސް ވަނީ 50،000 އަަރާފަ އެވެ. 

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް