ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެގްރޯނެޓުގެ ކޮމިއުނިޓީ ފާމިން މަޝްރޫއުގެ ދަށުން އިސްދޫގައި ދަނޑުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓުން ދަނޑުވެރިކަން ކުރަން އިސްދޫން އެއްލައްކަ އަކަފޫޓުގެ ބިމެއް ހޯދައިފި
އެގްރޯނެޓުގެ ކޮމިއުނިޓީ ފާމިން މަޝްރޫއުގެ ދަށުން ލ. އިސްދޫގައި ދަނޑުތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައި އެގްރޯނެޓުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއުގެ ދަށުން އިސްދޫގައި ދަނޑުތައް ތަރައްގީ ކުރުމަށް އެއްލައްކަ އަކަފޫޓުގެ ބިން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އެގްރޯނެޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދެވެ.

އިސްދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލެވެ.

ކޮމިއުނިޓީ ފާމިންގެ މަޝްރޫއުގެ ދަށުން ރަށްރަށުން ހޯދާ ބިންތައް ތަރައްގީ ކުރުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ހަރަދުގައެވެ. އެގްރޯނެޓުން ބުނެފައިވާ ގޮތުގައި އިސްދޫން ހޯދި ބިން ސާފުކޮށް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދަނޑު ހައްދަން ފަށާނެ ކަމުގައެވެ.

އެގޮތުން ދަނޑުވެރިކަން ކުރުމަށް 15،000 އަކަފޫޓުގެ ހަ ދަނޑު ހަދާނެ ކަމަށާއި އެ ދަނޑުތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓުން ބުނީ ހުރިހާ ވަސީލަތްތަކާ އެކު ތަރައްގީ ކުރާ އެ ދަނޑުތަކުގައި ބޭނުންކުރާނީ ސޯލާ ހަކަތަ ކަމަށެވެ. ދަނޑުތަކުގައި ހައްދާނީ މެލަން، ފަޅޯ އަދި ކިއުކަމްބާ ކަމަށާއި އެ ތަންތަނުގައި ހައްދާ ތަކެތި ވިއްކަން ޖެހޭނީ އެ ކުންފުންޏަށް ކަމަށް އެގްރޯނެޓުން ބުނެއެވެ. 

ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި މަޝްރޫއު ލ. އިސްދޫގެ އިތުރުން ނ. ލަންދޫ، ނ. މާފަރު، ނ. މަނަދޫ އަދި ކ. ކާށިދޫގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގްރޯނެޓުން ބުނެފައިވަނީ އެ ރަށްތަކާ އެކު ވަރަށް އަވަހަށް އެއްބަސްވުންތައް ގާއިމު ކުރާނެ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް