އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އާ ހެޑް އޮފީސް އިމާރާތުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޒްމީލް ވިދާޅުވި ގޮތުގައި 2006 ވަނަ އަހަރު އުފެދުނު އެ ކުންފުނި ހިންގުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމުގައެވެ. އެ ކަންކަމުން އަރައިގަނެ މަސައްކަތް ކުރަމުން ދިޔައީ ކުންފުންޏަކީ ހިއްސާދާރުންނަށް ފައިދާ ހުރި ކުންފުންޏަކަށް ހެދޭތޯ ކަމަށާއި އެކަން ހާސިލުވެ، އެމްޓީޑީސީއަކީ މިހާރު އަަހަރުން އަހަރަށް ފައިދާވަމުން އަންނަ ކުންފުންޏަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަޒްމީލް ވިދާޅުވެފައިވަނީ އެމްޓީޑީސީގެ އާ ހެޑް އޮފީހާ އެކު އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ އެ އިމާރާތުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އެމްޓީޑީސީން ބުނެއެވެ.
އެމްޓީޑީސީގެ އާ ހެޑް އޮފީސް
- ހަތް ފަންގިފިލާގެ އޮފީސް އިމާރާތް ކުރާނީ 6،000 އަކަމީޓަރަށް ވުރެ ބިމެއްގައި
- ޕާކިން އޭރިއާ އަކާއި މަލްޓި ޕާޕޯސް ހޯލަކާއި ޖިމެއްގެ އިތުރުން ބިޒްނަސް ލައުންޖެއް ހުންނާނެ
އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން ދަނީ އެ ކުންފުނިން ތަރައްގީ ކުރުމަށްފަހު ދެ ކުންފުންޏަކަށް ސަބް ލީޒްކޮށްގެން ހިންގަމުންދާ އަނަންތާރާ ކިހަވަށް އަދި އަޔާޑާ މޯލްޑިވްސްއިންނެވެ.