ads
މަސްތުގެ ވިޔަފާރި
ރޯމާ ދުވާލު މަގުމަތީގައި މަސްތުވާތެކެތި ވިއްކުމާއި ބޭނުންކުރާ ވީޑިއޯ
މީގެ ދެތިންދުވަސްކުރިން ސޯޝަލް މީޑިއާއަށް މީހަކު ދޫކޮށްލި ވީޑިއޯއަކުން ފެންނަނީ ޒުވާނަކު އާއްމު ޕާކިންޒޯނެއްގައި ހަމަޖެހިލައިގެން އިނދެ މަސްތުވާތަކެތި އިންޖެކްޓްކުރާ މަންޒަރެވެ.

އެވީޑިއޯ އާއްމުވެ އެތައްބައެއްގެ ފާޑުކިއުން ސަރުކާރަށާއި ފުލުހުންނަށް އަމާޒުވެފައި ވަނިކޮށް އަނެއްކާ އިއްޔެ ސޯޝަލް މީޑިއާއަށް މީހަކު ދޫކޮށްލީ މަގުމަތީގައި ހާމަކަން ބޮޑު ގޮތެއްގައި އެއްވެސް ބިރެއް ނެތި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަންޒަރެވެ.

ސައިކަލެއްގެ މަތީގައި އިންނަ ޒުވާނެއްގެ ކައިރިއަށް އައިސް ފައިސާ ދިނުމަށްފަހު، ގަނެލައިގެން ނައްޓާލަނީވެސް އަދި ވިއްކަނީވެސް "މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަ ނަގައިގެން" އެކަންކުރާހާ ހާމަކަންބޮޑުކޮށް ހަމަޖެހިލައިގެންނެވެ.

ވީޑިއޯ އާއްމުވުމުން އަނެއްކާވެސް ސަރުކާރަށާއި ފުލުހުންނަށް އިތުރަށް ފާޑުކިއުން އަމާޒުވިއެވެ. ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފާޅުގައި ކުރުމަކީ މިހާރު އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ.

މި ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުންވަނީ "އަވަށްޓެރި ފުލުހުން" ކޮބައިތޯ ސުވާލުވެސް ކޮށްފައެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް