ads
ކުޑަގިރި ހުޅުވުމުގެ ރަސްމިޔާތުގައި މިނިސްޓަރު އަސްލަމް
އަންނަނީ އަންނަނީއަށް މިނިސްޓަރު އަސްލަމް: އަންނާނެ، އަންނާނެ، އަންނާނެ!
މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާކަމަށާއި ސަރުކާރުން ގެންގުޅެނީ، އަންނަނީ އަންނަނީ ނަންބޯޑްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވި ބަސްފުޅަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ރައްދު ދެއްވައިފިއެވެ.

މިދިޔަމަހު 28 ގައި ނިމުމު އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ނަޝީދު ގެންދެވީ ސަރުކާރަށް މަސައްކަތް ނުކުރެވޭކަމަށާއި ސަރުކާރުން ގެންގުޅެނީ އަންނަނީ އަންނަނީ ނަންބޯޑްކަމަށް ވިދާޅުވެ ވަރަށް ގިނަ އިވެންޓްތަކުގައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

މާލޭ ސަރަހައްދުގައި އުޅޭމީހުން ޕިކްނިކް ދިއުމަށް ހާއްސަކޮށް ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ޕިކްނިން އައިލެންޑަކީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށްވީ ވައުދެއް ފުއްދުން ކަމަށެވެ.

އަސްލަމް ވިދާޅުވީ ކުޑަގިރިއާއި ގުޅޭގޮތުންވެސް ދައްކާނެ އެއްވެސް ވާހަކައެއް ދެން ނެތް ކަމަށާއި މިއަދު ފެންނަމުންދަނީ ރައްޔިތުންނަށްވީ ވާއުދުތައް ރައީސް ސޯލިހް ފުއްދާ ނިންމަމުންދާތަން ކަމަށެވެ.

" ކުޑަގިރިއާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ދެން އޮތްހެނެއް އަޅުގަނޑަކަށް ހިއެއް ނުވެ އެވެ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ރައީސްގެ ވައުދު މާލޭގެ ރައްޔިތުންނަށްވީ މުހިންމު އެއް ވައުދު މިއަދު ފުދިއްޖެ. މިއަދު ފުދިއްޖެ!" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސްގެ ވައުދުތައް ފުއްދަވަމުން ގެންދަވަނީ ކުޑަރަށެއް ބޮޑުރަށެއް، އެއަތޮޅެއް މިއަތޮޅެއް، އަދި މާލެއެއް އަތޮޅުތެރެއެއް ތަފާތުކުރުމެއް ނެތި ކަމަށެވެ. 

ކުޑަގިރިއަކީ މާލޭ ރައްޔިތުންނަށް ރައީސް ސޯލިހް ވީ އެއް ވައުދުކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ވައުދަށް ދެން ދާނީ ފެހިކަމާއި، ރީތިކަމާއި، މީހުން އައުމާއި، މަޖާކުރުމާއި، އުފާކުރުމާއި ކައިވެނިތައްވެސް އިތުރުވަމުން ކަމަށެވެ.

ކުޑަގިރީގެ ވައުދާއިއެކު ރައީސް ސޯލިހް މިއަދު މާލޭ ރައްޔިތުންނަށް ހޯއްދަވައިދެއްވީ "ގެއްލިފައި އޮތް އެއްޗެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ދެން ހުރި ވައުދުތައްވެސް ދާނީ އަންނަމުން ފުއްދެމުން ކަމަށެވެ. 

"އަދި ބްރިޖުވެސް އަންނާނެ. އަންނާނެ އިގޭތޯ. ބޯހިޔާވަހިކަންވެސް އަންނާނެ. އަންނާނެ އަންނާނެ ހުރިހާ އެއްޗެއްވެސް އަންނާނެ އިގޭތޯ." މިނިސްޓަރު ވިދާޅުވި އެވެ.

އެޔަށްފަހު މާގިނަ ވާހަކައެއް ނުދައްކަވާ ވައްސަލާމަކުން މިނިސްޓަރު އަސްލަމުގެ ވާހަކަ ނިންމަވާލި އެވެ. 

މާލޭ ރައްޔިތުންނަށް ޕިކްނިކް ދާނެ ރަށެއް ހޯދައިދިނުމުގެ ވައުދަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އެ ވައުދު ފުއްދުމަށް ކުޑަގިރި ހާއްސަކޮށް މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރި އެވެ. އެމްޓީސީސީން އެރަށް ހިއްކުމުގެ މަސައްކަތްފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. 

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވިގޮތުން ރައީސް ސޯލިހުގެ ތަސަައްވަރުގައި އޮތް އެ ޕިކްނިކް އައިލަންޑް ހަގީގަތަކަށް ހަދަން ފަށަންޖެހުނީ ކަނޑުގެ ފަސް ފޫޓު އަޑިން ނެވެ. އެކަމަކު 1.7 މީޓަރުގެ އުސްމިނުގައި، 8 މީޓަރުގެ ބޮޑުމިނުގައި ކުޑަގިރި ހިއްކާ މުޅި މަޝްރޫއު އެމްޓީސީސީން އެންމެ ފަސް މަސްދުވަސްތެރޭ ނިންމާލި އެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް