ads
ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ގެނައި ހެޔޮ ބަދަލާ އެކު މިހާރު 'ލިމިޓްލެސް' ސޯޝަލް މީޑިއާ، ކޯލްސްގެ އިތުރުން އެސްއެމްއެސް ލިބޭނެ - ފޮޓޯ:ދިރާގު
ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭންތަކެއް: ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް، އެސްއެމްއެސް
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ޕޯސްޓްޕެއިޑް ޕްލޭންތަކަށް ހެޔޮ ބަދަލުތަކެއް ގެެނެސްފިއެވެ.

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ގެނައި ހެޔޮ ބަދަލާ އެކު މިހާރު 'ލިމިޓްލެސް' ސޯޝަލް މީޑިއާ، ކޯލްސްގެ އިތުރުން އެސްއެމްއެސް ލިބޭނެ ކަމަށެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަކީ:

ޕޯސްޓްޕެއިޑް 1000 - 40 ޖީބީ ކޯ ޑޭޓާ + 'ލިމިޓްލެސް' ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެ

ޕޯސްޓްޕެއިޑް 1700 - 100 ޖީބީ ކޯ ޑޭޓާ + 'ލިމިޓްލެސް' ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެ

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާ ކުރުމަށް. މިގޮތުން މި ގެނެވުނު ބަދަލުތަކާ އެކު ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލާ ގިނަ ޑޭޓާ ލިބި އަދި އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ،" ދިރާގުގެ މެނޭޖަރު ކަސްޓަމަ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވިއެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްލޭންތަކަށް އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ފަސޭހަކަމާ އެކު އަޕްގްރޭޑްކޮށްލެވޭނެ ކަމުގައެވެ.

މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: http://bit.ly/3lqQGbJ

ދިރާގުން ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެނެސްދިނުމާ އެކު އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމަށް ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް