ads
ސަރަނގު އާދަމް މަނިކު
ސަރަނގު އާދަމް މަނިކުގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތު
މާލެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ މައްޗަށް މަކަރާއި ހީލަތުން ރަށެއް ބަދަލު ކުރަން އުޅުނު ކަމަށް ބިދޭސީއަކު ތުހުމަތު ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
Advertisement

މާލެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ މައްޗަށް މަކަރާއި ހީލަތުން ރަށެއް ބަދަލު ކުރަން އުޅުނު ކަމަށް ބިދޭސީއަކު ތުހުމަތު ކުރާ މައްސަލައެއް ފެންމަތިވީ، އޭނާގެ ހިއްސާ އޮންނަ ށ. އަތޮޅު ކަނބާލިފަރުގެ މިލްކުވެރިކަން އެހެން އެއްވެސް ފަރާތަކަށް ބަދަލުނުކުރެވޭ ގޮތަށް ސިވިލް ކޯޓުން ނެރުނު އަމުރާއެކުއެވެ. 

ސަރަނގު އާދަމް މަނިކުގެ ހިއްސާ އޮންނަ ކަނބާލިފަރުގެ މިލްކުވެރިކަން އެހެން އެއްވެސް ފަރާތަކަށް ބަދަލުނުކުރެވޭ ގޮތަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް މިދިޔަ ހަފްތާގައެވެ.

ސިވިލް ކޯޓުން މި އަމުރުކޮށްފައިވަނީ ސަރަނގު އާދަމް މަނިކާ ދެކޮޅަށް ފްރަންކިން ޖުޒެއްޕެ ކިޔާ އިޓަލީ މީހަކު އެ ކޯޓަށް ހުށަހަޅާފައިވާ ދައުވާ ނިމެންދެނެވެ. މި އަމުރު ނެރެދިނުމަށް ކޯޓުގައި އެދުނީ އާދަމް މަނިކުގެ ގައިރު ހާޒިރުގައި ޖުޒެއްޕެގެ ފަރާތުންނެވެ. މިއީ މަކަރާއި ހީލަތުން ށ. ކަނބާލިފަރު، އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފައިވާތީ އެކަމުގެ ބަދަލާއި، އެ ރަށް ތަރައްގީކުރުމަށް ކޮށްފައިވާ ހަރަދު އަނބުރާ ހޯދުމަށް އެދި ކޮށްފައިވާ ދައުވާއެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނބާލިފަރު ދޫކޮށްފައިވަނީ ދެހާސްހަވަނަ އަހަރު އޭރުގެ ޓުއަރިޒަމް މިނިސްޓްރީއިން އަލީ ޝަރީފް ނަމަކަށް ކިޔާ މީހަކަށެވެ. އެއަށްފަހު ކަނބާލިފަރު އެއްބަސްވުމުގެ ދަށުން އަލީ ޝަރީފަށް ލިބިފައިވާ ހުރިހާ ހައްގެއް އިޓަލީގެ ފްރަންކިން ޖުޒެއްޕެއަށް ވިއްކާލީ އެވެ. އަދި ޕަވާ އޮފް އެޓާނީވެސް ޖުޒެއްޕެއަށް ދިނީ އެވެ. ސަރަނގު އާދަމް މަނިކަކީ، ޖުޒެއްޕެއަށް ރާއްޖޭގައި ހުރެވެން ނެތުމުގެ ސަބަބުން ޕަވާ އޮފް އެޓާނީ ހަވާލުކޮށް ޖުޒެއްޕެ ހުރިހާ ކަމެއް ހަވާލު ކުރި މީހާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އާދަމް މަނިކު އޭނާއާއި ހަވާލުކޮށްފައިވާ ޕަވާ އޮފް އެޓާނީގެ ނާޖާއިޒު ފައިދާ ހިފާ ޖުޒެއްޕެއަށް ނޭނގި، އާދަމް މަނިކުގެ ހިއްސާއާއި އެކު ކަނބާލިފަރު ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް ހަދާ މަކަރާއި ހީލަތުން އެ ރަށް އެ ކުންފުނީގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ޖުޒެއްޕެގެ ދައުވާގައި ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް