
މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގަ އާއި ދުރުގައި ތިބި އާއިލާ އަދި ރައްޓެހިންގެ އިތުރުން އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑްތަކާއި ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސް އަދި ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނޭ ކަމުގައެވެ.
ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވުމަށް:
- މޫލީ ފިހާރައަށް ޒިޔާރަތްކުރުން www.moolee.mv
- ޝޮޕް ހިޔާރުކުރުމަށްފަހު، SWEET SURPRISE ނުވަތަ ބޭނުންވާ ކެޓެގަރީއެއް ހިޔާރުކުރެވޭނެ
- ބޭނުންވާ އައިޓަމް ހިޔާރުކުރުމަށްފަހު ADD TO CART އަށް ފިތާލާ
- ކާޓް އަށް ގޮސް ޗެކްއައުޓަށް ފިތާލާ
- ޑެލިވަ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހާލާ
- އޯޑަ ކަށަވަރު ކުރުމަށްފަހު ޕޭމަންޓް ކޮންފަމް ކޮށްލާ
އުރީދޫން ބުނެފައިވަނީ ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވަކޮށްލެވޭނެ ކަމަށެވެ.