ads
ހޭންޑްބޯލްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު
ހޭންޑްބޯލްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު
ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ އެކްސްކްލޫސިވް ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ދިރާގުގެ ސީ.އެސް.އާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަމާޒުކަމަށްވާ ޒުވާނުން ބާރުވެރިކުރުމުގެ ދަށުން އެ ކުންފުނިން ދަނީ ޒުވާނުންނަށް އައު ފުރުސަތުތައް ފަހިކޮށްދޭ ފަދަ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ހޭންޑްބޯލް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކުރުވައި ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިން އުފެއްދުމަށް ދިވެހި ކުޅިވަރު މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

"ހޭންޑްބޯޅައިގެ މިއަހަރުގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހޭންޑްބޯޅައަކީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ކުޅެން ފެށި ކުޅިވަރެއް. އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ ހޭންޑްބޯލް މޯލްޑިވްސްއާއެކު މި ކުޅިވަރު އިތުރަށް ކުރިއަރުވާ ގިނަ ބަޔަކަށް ފުރުސަތުތަކެއް ހޯދައިދިނުން." ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

"ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ޝުކުރު ދަންނަވަން. މި ޕާރޓްނާރޝިޕް މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަކީ ދިރާގާއެކު ރާއްޖޭގައި ހޭންޑްބޯޅަ އިތުރަށް ޕްރޮމޯޓްކޮށް ކުރިއަށްއޮތް ތާނގައިވެސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެފަދަ ކުޅުންތެރިން ބިނާކުރުން." ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް