ads
ނިމިދިޔަ މަހު ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއުުތަކަށް - ފޮޓޯ:އެމްޓީސީސީ
އަހަރުގެ ފުރަތަމަ މަހު ޕީއެސްއައިޕީއަށް 651 މިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ މަހު ބަޖެޓުން ޕީއެސްއައިޕީއަށް 651.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި،

  • ވޭތުވެދިޔަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްއައިޕީއަށް ހޭދަ ކޮށްފައިވަނީ 544.8 މިލިއަން ރުފިޔާ
  • މިދިޔަ މަހު 651.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
  • މިއީ 2022 ވަނަ އަހަރުގެ ފުރަތަމަ މަހާ އަޅާބަލާއިރު 19.6 އިންސައްތައިގެ އިތުރުވުމެއް


މިދިޔަ މަހު ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއުުތަކަށެވެ.

ޖެނުއަރީ މަހު ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:

  • ބިން ހިއްކުމުގެ މަޝްރޫއުތަކަށް – 106.4 މިލިއަން ރުފިޔާ
  • މަގު ހެދުމުގެ މަޝްރޫއުތަކަށް – 107.9 މިލިއަން ރުފިޔާ
  • ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް – 106.7 މިލިއަން ރުފިޔާ
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް – 53.3 މިލިއަން ރުފިޔާ
  • ސްކޫލްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް – 39.6 މިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް – 37.8 މިލިއަން ރުފިޔާ

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާ ގުޅުންހުރި ކަން ކަމަށެވެ. 
އެ ކަަންކަމަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެކި ރަށްރަށުގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް 921.9 މިލިއަން ރުފިޔާ، ބްރިޖް މަޝްރޫއަށް 819.4 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި ތަރައްގީ ކުރުމަށް 395.0 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް