މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން،
މީރާގެ ތަފާސް ހިސާބުތަކުން މިގޮތަށް ދެއްކި ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 10.4 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަނީ 13.9 މިލިއަން ރުފިޔާއެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 82.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިދިޔަ އަހަރު ޖޫރިމަނާގެ ގޮތުގައި 62.4 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 252.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.