ގުޑަގިރި ޕިކްނިކް އައިލަނޑްގައި ބާއްވާ މި މުބާރާތް ރާވާފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
މިއީ ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތް އޮންނާނީ ފެބްރުވަރީ 25 ވާ ހޮނިހިރު ދުވަހު ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.
މިއީ ކުޑަގިރީގައި ފެތުމުގެ ގައުމީ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ކުޑަގިރީގައި އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުން ބާއްވާ ފުރަތަމަ ކުޅިވަރު މުބާރާތްވެސްމެއެވެ.
މިދިޔަ ހަފްތާގައި ހުޅުވި ކުޑަގިރިއަށް ދަތުރު ދިޔުމަށް އާއްމުންގެ ޑިމާންޑް ބޮޑެވެ.