ads
ނަސްރީން އަދި އޭނާ ބެލި ޑޮކްޓަރު
ބިން ހެލުން އައިތާ ތިން ދުވަސް ފަހުން ސަލާމަތްކުރި ނަސްރީން އަކީ "އަޖައިބެއް": ޑޮކްޓަރު
ތުރުކީއަށް އައި ނުރައްކާތެރި ބިންހެލުމުގައި ތިން ދުވަސް ފަހުން ކުޑަކުއްޖަކު ސަލާމަތް ކުރުމުންން ވެސް އޭނާގެ ހިތްވަރުގަދަކަން ފެނި އޭނާ ބެލި ޑޮކްޓަރު އަޖައިބުވެއްޖެއެވެ.

އުމުރުން ހަ އަހަރުގެ ނަސްރީން ސަލާމަށްކޮށްފައިވަނީ ތުރުކީއަށް އެހީވުމަށް ދިޔަ އިންޑިއާ ސިފައިންގެ ޓީމަކުންނެވެ. އެ ކުއްޖާ ސަލާމަތްކުރުމަށްފަހު މިހާރު ވަނީ އިންޑިއާ ސިފައިންގެ ކޭންޕަކަށް ގެންގޮސްފައެވެ. 

"ނަސްރީން ގެނައީ ރެސްކިއު ޓީމުން މި ކޭންޕަށް. ގެނައިރު ވަރަށް ހާލު ދެރަ. ވާތު ފައިގެ ކަށިތައް ވެސް ވަނީ ފުނޑު ފުނޑުވެފަ. ދެން މި ކޭންޕުން ވަރަށް ރަނގަޅަށް ބެލިން. ނަސީބަކުން މިހާރު ނަސްރީން ސްޓޭބަލް، މިއީ ވަރަށް ބޮޑު އަޖައިބެއް. އެންމެ އަޖައިބުވަނީ މި ކުއްޖާގެ ހިތްވަރުގަދަކަމުން " ނަސްރީން ބެލި ޑޮކްޓަރު ބީނާ ތިވާރުއާ ހަވާލާދީ އިންޑިއާ ޓުޑޭއިން ބުނެފައިވެއެވެ.

ނަސްރީން ސަލާމަތްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ބިންހެލުން އައިތާ ތިން ދުވަސް ފަހެެވެ. 

"ތިން ދުވަސްވަންދެން އިމާރަތްތަކުގެ ތެރޭގައި ވަޅުލެވިފައި އޮއްވާ ނެގުމުން ވެސް ބަލާބަލަ ނަސްރީންގެ މޫނުމަތިން ފެންނަ އުފާވެރިކަމާ ހިނތުންވުން،" ނަސްރީންއަށް ފަރުވާދެމުން ގެންދާ ކޭމްޕަށް ދިޔަ އިންޑިއާ ޓުޑޭގެ ނޫސްވެރިއާއި ނަސްރީންއާއި ގުޅޭގޮތުން ބުންޏެވެ.

ނަސްރީނަށް އިންޑިއާ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ނަސްރީންގެ އާއިލާ މީހުން ވެސް ނަސްރީން ގާތުގައި މިވަގުތު އެބަތިއްބެވެ.

ފެބުރުއަރީ 6 ވަނަ ދުވަހު ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 30،000 އަށް ވަނީ އަރާފައެވެ. މި ބިންހެލުމަކީ ފާއިތުވީ 100 އަހަރު ދުވަހުގެ ތެރޭގައިވެސް ތުރުކީ އަދި ސީރިއާއަށް އައި އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ބިންހެލުމެވެ. 

85%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް