ads
ފޮޓޯ:އިސްލާމިކް މިިނިސްޓްރީ
މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

ފަގީރުންގެ ދަފްތަރުގައި ރަަޖިސްޓްރީވުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށްޓަކައި މާލެ، ވިލިމާލެ، ހުޅުމާލެއިން ހުށަހަޅާފައިވާ ފޯމުތަކުގެ ޖަވާބު އެފަރާތްތަކަށް މިހާރު މެސެޖުގެ ޒަރިއްޔާއިން އަރުވާފައިވާ ކަމަށެވެ. 

އެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ

"ދީފައިވާ މުއްދަތުގެ ފަހުން އަންނަ ޝަކުވާއެއް ބަލައެއް ނުގަންނާނެ،" މިނިސްޓްރީން ބުންޏެވެ.

ފަގީރުންގެ ދަފްތަރުގައި ހިމެނުމަށް ފޯމު ހުށަހަޅައި، ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުގެ ތެރެއިން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޝަކުވާ އެ މިނިސްޓްރީގެ ކައުންޓަަރުން އަދި މެއިލް އިންވެސް ބަލައިގަންނާނެވެ. އިތުރު މައުލޫމާތު 3020201 އަދި 3020285 ގުޅައިގެން ސާފުކުރެވޭނެ އެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި 2022 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުން ނެވެ. އެހެންވެ، އެ ފަރާތްތަކުން އަލަށް ރަޖިސްޓްރީ ވާކަށް ނުޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް