ads
ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން---ފޮޓޯ: ސޯޝަލް މީޑިއާ
މި ފަހަރުވެސް ނިހާންގެ ޝަރީއަތް ކުރިއަށްދާ ގޮތެއް ނުވި
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ޝަރީއަތެއް ފެށޭ ގޮތެއް ނުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު، ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާގެ އަޑު އެހުމެއް ބޭއްވުމަށް މަސައްކަތް ކުރިއިރު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މީގެ ދެ އަހަރު ކުރިން ފެބްރުއަރީ 11، 2021 ގަ އެވެ. 

އިބްތިދާއީ މަރުހަލާއަކީ ޝަރީއަތް ފެށުމުގެ ކުރިން ކުރިއަށްދާ މަރުހަލާއެކެވެ.

އިބްތިދާއީ މަރުހަލާގައި އޮންނާނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ހާމަކުރުމާއި، ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުމެއް އޮތް ނަމަ އެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމެވެ.

އެ މަރުހަލާ ނިމިގެން މިއަދު ތާވަލުކުރީ މައުލޫމާތު ލިބިފައިވާ ގޮތުގައި އިފްތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ.

މިއަދުގެ އަޑު އެހުމުގައި ނިހާނުގެ ވަކީލުންގެ ފަރާތުން އެދީ ހެއްކާ ބެހޭ އާ ގާނޫނަށް އަމަލުކުރަން ފަށާފައިވާތީ އާއި އެ ގާނޫނުގައި ހެކި ބަލައިގަތުމާ ގުޅޭ މާއްދާތަކެއް ހިމެނޭތީ، ދައުލަތާއި ދިފާއުގެ ހެކި ލިސްޓު މުރާޖައާ ކުރުމަށް ފުރުސަތެއް ދިނުމަށެވެ. އެހެންނަމަވެސް ހެކި ލިސްޓު މުރާޖައާ ކުރުމަށް، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ފުރުސަތެއް ނުދެއްވި އެވެ. 

ގާޒީ ވިދާޅުވީ، އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކްރިމިނަލް ކޯޓުގައި އަމަލުކުރާ އިޖުރާއަތަކީ މައްސަލައެއް ކުރިއަށް އޮތް ހިސާބުން ކުރިއަށް ގޮސް، ފަހުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާއިރު އެ ގާނޫނަށް ރިއާޔަތްކޮށް ވާހަކަ ދައްކަން ކޮންމެ ހަސްމަކަށް ވެސް ފުރުސަތު ދިނުން ކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް