ސްޓެލްކޯއިން ބުނި ގޮތުގައި ހިންމަފުށީ ކައުންސިލުގެ ފަރާތުން އެ ރަށުގެ ދެ ގޮނޑުދޮށެއް ސާފުކުރުމަށް ހިންގި ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.
ރަށު ފެންވަރުގައި ހިންގޭ މި ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމުގައި ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން މީގެކުރިންވެސްވަނީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ރަށްރަށުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.