ads
ހޯރަފުށި-- ފޮޓޯ:އަވަސް
ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލް ހިންގުން އެވިޑް ކޮލެޖަށް
ޕްރީސްކޫލް މަރުހަލާއަށް ކިޔަވައިދިނުން މެދުކެނޑި ގިނަ ދުވަސްވެފައިވާ ހޯރަފުށީގައި، ޕްރީސްކޫލް ތައުލީމާއި އެކު އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެވިޑް ކޮލެޖާއި ހަވާލުކޮށްފި އެވެ.

ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފައިވަނީ ނިމުނު 2022 ވަނަ އަހަރުގެ ތެރޭގައެވެ. 

ހޯރަފުށީ ކައުންސިލުން މިއަދު ވިދާޅުވީ، ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލް ހިންގާނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރު ހުޅުވާލި ބިޑު، އެވިޑް ކޮލެޖްއިން ކާމިޔާބުކޮށްފައިވާ ކަމަށާއި ބިޑު ކާމިޔާބުވީކަން، މިދިޔަ ހަފުތާ އެ ކޮލެޖަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.

އަދި މިކަމަށްޓަކައި ހަދަންޖެހޭ އެއްބަސްވުމުގައި ސޮއިކުރުން 2023 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހު އޮންނަ ހާއްސަ ހަފުލާއަކާ އެކު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދެއްވި އެވެ.

ކައުންސިލުން އިތުރަށް ވިދާޅުވީ އަންނަ އޯގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާއެކު ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދޭން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލަކީ، އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ބިނާކޮށްދޭ ސްކޫލެކެވެ. މީގެ އިތުރުން މި މަޝްރޫއު އަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަދި ހޯރަފުށީ ކައުންސިލްގެ ބަޖެޓުންވެސް ބޮޑު ހޭދައެއް ކޮށްފައިވެއެވެ.

ޕްރީސްކޫލުގެ ހިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު އަލަށްހުޅުވޭ ސްކޫލުގެ ސަބަބުން ފަށައިގަންނަ ތައުލީމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް