ads
ދިވެހިރާއްޖެ ކޮމަންވެލްތް މައުރަޒު ޕޯސްޓާ
'ދިވެހިރާއްޖެ އާއި ކޮމަންވެލްތް' ފޮޓޯ އާއި ކުރެހުމުގެ މައުރަޒެއް
ދިވެހި ރާއްޖެ އަލުން ކޮމަންވެލްތް އާއި ގުޅުން ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އާއި ނެޝަނަލް ސެންޓާ ފޮ އާޓްސް އަދި ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް ގުޅިގެން ފޮޓޯ އަދި ކުރެހުމުގެ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.

'ދިވެހިރާއްޖެ އާއި ކޮމްންވެލްތް'، މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މި މަހުގެ ނުވަ އަކުން 11 އަށް ނެޝަނަލް އާޓްސް ގެލެރީގައެވެ. 

މާޗް މަހުގެ ނުވަ ވަނަ ދުވަހު ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ހުޅުވިފައި ހުންނަ އިރު، މާޗް 10 އަދި 11 ގައި ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މައުރަޒު ހުޅުވިފައި ހުންނާނެއެވެ. 

މި މައުރަޒަށް ވަނުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ އިރު، މި މައުރަޒު ވެގެންދާނީ މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ލިބިގެންދާނެ މައުރަޒަކަށް ކަމަށް ހެރިޓޭޖް މިނިސްޓްރީ އިން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް