މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން ދަތުރު ދިއުމަށް ތަރައްގީކޮށްފައިވާ ކުޑަގިރި ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެ ދުވަހަށް ރަށް ހުޅުވާލާ 300 މީހުންނަށް ދަތުރު ދިއުމުގެ ފުރުސަތު ދިން ނަމަވެސް އޭގެފަހުން ބުކިން ހެެއްދުން އޮތީ މަޑުޖައްސާލާފައެވެެ.
އެހެންނަމަވެސް ކުޑަގިރިއަށް ދަތުރު ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ރޭގައި ވަނީ ހުޅުވާލާފައެވެ. އެކަމަކު އެ ރަށަށް ދިއުމަށް އަދި ބުކިން ހެއްދެނީ މި ހަފްތާ ބަންދަށް އެކަންޏެވެ.
ކުޑަގިރިއަށް ހާއްސަކޮށް ތައްޔާރުކުރެވުނު އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް އެ ރަށަށް ދިއުމަށް ބުކިން ހެއްދުމުގެ އިތުރުން ދާން ބޭނުންވާ ދުވަހެއްގައި ރަށުގައި ޖާގަ އޮތް މިންވަރު ބަލާލެވޭނެއެވެ. އެއްފަހަރާ 500 މީހުންނަށް ކުޑަގިރިއަށް ދެވޭގޮތަށް ހުއްދަ ދޭނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވާއިރު،
- ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ހިލޭ ދަތުރު ކުރެވޭނެ، އެ ދުވަސްތަކުގައި ފެރީއަށް ވެސް އަދި ރަށަށް އެރުމަށް ވެސް އެއްވެސް އަގެއް ނުނަގާނެ
- ބަންދު ނޫން ދުވަސްތަކުގައި އެ ރަށަށް ދަތުރުދާ ފަރާތްތަކަށް ޓިކެޓް ވިއްކާނީ ކޮޅަކަށް 25 ރުފިޔާއަށް
- ބަންދު ނޫން ދުވަސްތަކުގައި ރަށަށް އެރުމަށް 'އެންޓްރެންސް ފީ' ގެ ގޮތުގައި 50 ރުފިޔާ ދައްކަން ޖެހޭ